top of page
އަހްމަދު

ބަނބުކެޔޮ ގަހެއް 3 އަހަރަށް ވަރުވާއަށް ނަގާނެ ފަރާތެއް ހޯދަނީ

23 ޖޫން 2023


ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލުން އެރަށުގައި ހުރި ބަނބުކެޔޮ ގަހެއް ވަރުވާއަށް ދޫކުރަން އިއުލާން ކޮށްފިއެވެ.


އެ އިއުލާނުގައި ވާގޮތުން އެރަށު ޢަޞުރުމާގެ ދެކުނަށް އޮތް މަގުގައި ހުރި ރައްޔިތުންގެ ބަނބުކެޔޮ ގަހެއް 03 (ތިނެއް) އަހަރު ދުވަހަށް ވަރުވާއަށް ދޫކުރުމަށް ބޭނުންވެއެވެ.


އެ ރުއްގަނޑު ވަރުވާއަށް ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކުގެ އިތުރުން އަމިއްލަ ފަރުދުންނަށެވެ.


ބަނބުކެޔޮ ގަސް ވަރުވާއަށް ލިޔުއްވަން ބޭނުންފުޅުވާ ފަރާތްތަކުން ވަރުވާއަށް ލިޔުއްވުމަށް އެދި ހުށައަޅާ ސިޓީ ބަލައިގަތުން 06 ޖުލައި 2023 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ.  


އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ 6520027 ނަންބަރަށް ގުޅުއްވައިގެން މައުލޫމާތު ސާފުކުރެއްވުމަށް ކައުންސިލުން ވަނީ އެދިފައެވެ.

Related Posts

See All

Commentaires


bottom of page