top of page
އަހްމަދު

ނުހައްގުން ބަހާލާ ގޯތި ލިބޭ މީހުންގެ ލިސްޓު މިއަދު އިއުލާން ކުރަނީ

26 ޖޫން 2023


މި ސަރުކާރުން ހިންގާ "ބިންވެރިޔާ" ސްކީމުގެ ތެރެއިން ބިން ބަހާ މީހުންގެ ލިސްޓް މިއަދު އިއުލާން ކުރާނެ ކަމަށް އެ ކޮމިޓީގެ ޗެއާމަން ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.


އަކްރަމް ދިވެހި ނޫސް "ވަގުތަށް" މައުލޫމާތު ދެމުން ވިދާޅުވީ ގޯތީގެ ލިސްޓު މިއަދު އިއުލާން ކުރާނެ ވަކި ގަޑިއެއް ފަހުން އަންގާނެ ކަމަށެވެ. ހިލޭ ގޯތި ދޭން ނިންމި މީހުންގެ ލިސްޓު އިއުލާން ކުރާނެ ކަން ރައީސް އޮފީހުން ވެސް ކަށަވަރުކޮށްދިނެވެ.


މާލެ ސަރަހައްދުން ވަކި ބަޔަކަށް 3،000 ގޯތި ދިނުމަށް ސަރުކާރުން ކަނޑައެޅި ނަމަވެސް ރައްޔިތުންގެ މަޖިލިހުގައި މިއަހަރުގެ ރިޔާސީ ބަޔާން އިއްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ އެ އަދަދު އިތުރު ކުރަން ޖެހިފައިވާ ކަމަށެވެ. އެކަމަކު، އެއީ ކިހާ ގޯއްޗެއް ކަމެއް އަދި ސަރުކާރުން ހާމަކޮށްފައި ނުވެއެވެ.


މާލެ ސަރަހައްދުން ވަކި ބަޔަކަށް އެކަނި ހިލޭ ބިން ބެހުމަކީ އެކަމާއި ދެކޮޅަށް ވަރަށް ގިނަ ބަޔަކު އަޑުއުފުލަމުންދާ ކަމެކެވެ.


1250 އަކަފޫޓުގެ ރޭޓުން 3،000 ގޯތި ހިލޭ ބަހާލިޔަސް އެއީ 3.75 މިލިއަން އަކަފޫޓު ކަމާއި އެއީ ބިން ތަދު ހުޅުމާލޭން މަދު ބަޔަކަށް ހިލޭ ބަހާލަން ހެޔޮވާވަރު ތަނެއް ނޫންކަމަށް ދަކޮމަނާސް އިން މީގެ ކުރިންވެސް ވަނީ ފާހަނގަ ކޮށްފައެވެ.


ހިޔާ 7،000 ފްލެޓު އަޅާފައި ހުރީ 240،000 އަހަފޫޓުގައި ކަމަށް ވާއިރު މަދު ބަޔަކަށް ހިލޭ ބަހާލަން އުޅޭ 3.75 މިލިއަން އަކަފޫޓަކީ 240 އަށް ވުރެ ގިނަ ހިޔާ ޓަވަރު އެޅޭނެހާ ޖާގައެވެ. ނުވަތަ 100،000 ހިޔާ ފްލެޓް އެޅޭނެހާ ޖާގައެވެ.


ބިން ތަދު ހުޅުމާލެން މިހާ ބޮޑު ޖާގައެއް މަދު އާއިލާގެ ހަރު މުދަލަށް ހަދަން ދޫކޮށް ލުމަކީ އޭގެ ދާއިމީ ގެއްލުން ގިނަ ދިވެހިންނަށް ކުރާނެ ކަމެއްކަން ދަކޮމަނާސް އިން މީގެ ކުރިންވެސް ވަނީ ތަފްސީލުކޮށް ކިޔާދީފައެވެ.


އަދި ހަމަ އެހެންމެ 1250 އަކަފޫޓުގެ ގޯތި ހިލޭ ބަހާނަމަ 550 އަކަފޫޓުގެ ހިޔާ ފްލެޓް އަދި އެހެން އެއްވެސް ސޯޝަލް ހައުސިން އަކުން އެންމެ ރުފިޔާއެއްވެސް ނަގައިގެން ނުވާނެކަމަށް އަދި އެކަމަށް ވަކާލާތު ކުރާނެ ކަމަށް އާންމުންގެ ޖަމްއިއްޔާ ނުވަތަ ދަ ކޮމަނާސް އިން ވަނީ ބުނެފައެވެ.

Comments


bottom of page