top of page
މައުމޫނު އަލީ

ހިޔާ ފްލެޓު ތަކުގެ %62.2 ދީފައިވަނީ މާލެ އަތޮޅު މީހުންނަށް

26 ޖޫން 2023


ހިޔާ ފްލެޓު ތަކުން ވަކިވަކި މީހުންނަށް ދީފައިވާ 6248 ފްލެޓުގެ ތެރެއިން %62.2 ދީފައިވަނީ މާލެ އަތޮޅު މީހުންނަށް ކަން ދަކޮމަނާސް އިން ހާމަ ކޮށްފިއެވެ.


މިހާރު ހިނގަމުންދާ ގޯތި ބަހުސްގައި ފްލެޓު ތަކަކީ ރަށްރަށު މީހުންނަށް ދީފައިވާ ތަންތަން ކަމަށް ބައެއް ފަރާތްތަކުން ބުނަމުން ދާތީ އެކަމުގެ ހަގީގަތް ހަމާ ކުރަން ހިޔާ ފްލެޓުތައް ދީފައިވާ މީހުންގެ އަތޮޅުތައް އެނގޭނެހެން ދަ ކޮމަނާސް އިން ވަނީ ހިއްސާ ކޮށްފައެވެ.

ދަކޮމަނާސް އިން ހާމަ ކޮށްފައިވާ ގޮތުގައި ހިޔާ ފްލެޓުތައް ދީފައިވާ ގޮތް މިވަނީއެވެ.


ވަކިވަކިން އަތޮޅުތައް:

ކ: 3،886
‏ހއ: 250
‏ހދ: 174
‏ށ: 108
‏ނ: 139
‏ރ: 163
‏ބ: 138
‏ޅ: 118
‏އއ: 58
‏އދ: 73
‏ވ: 29
‏މ: 69
‏ފ: 58
‏ދ: 71
‏ތ: 150
‏ލ: 130
‏ގއ: 195
‏ގދ: 104
‏ޏ: 107
‏ސ: 228

މީގެ އިތުރުން ދެން ހުރި 301 ފްލެޓަކީ ވަކި ދެ އަތޮޅަށް ނިސްބަތްވާ ދެމަފިރިންނަށް ދީފައިވާ ފްލެޓު ތަކެވެ


އަދި މީގެ އިތުރުން ވަކިން ސީދާ މާލޭ ރަށްވެހިންނަށް ބަލާލާއިރު ހިޔާ ފްލެޓު ލިބުނު މީހުންގެ ތެރެއިން %59.7 މީހުންނަކީ މާލޭ ރަށްވެހިންނެވެ .



Comments


bottom of page