top of page
މައުމޫނު އަލީ

ކަސްރަތު ކުރުން އެންމެ ރަނގަޅީ ކޮން ގަޑިއެއްގައި؟



ކަސްރަތުކުރުމަކީ ސިއްހަތަށް ފައިދާހުރި ކަމެއްކަމާ މެދު ޝައްކެއް ނެތެވެ. ކަސްރަތު ކުރުމަށް އެކި މީހުން އެކި ވަގުތު ޚިޔާރު ކުރާއިރު ކަސްރަތު ކުރުމަށް އެންމެ ރަނގަޅު ވަގުތަކީ ހެނދުނުގެ ނާސްތާގެ ކުރިންކަން އެންމެ ފަހުގެ ދިރާސާތަކުން ދައްކަ އެވެ. އެކަމުގެ ސަބަބުތަކަށް ތިރީގައި ބަލާލާނަމެވެ.


ގިނައިން ސަރުބީ ވިރުވައި ދިނުން


ހަށިގަނޑުން ސަރުބީ ވިރުވުމަކީ ކަސްރަތުކުރާ ގިނަ ބައެއްގެ އަމާޒެކެވެ. ހައިބަނޑާހުރެ ކަސްރަތު ކުރާނަމަ ސަރުބާ ވިރުން އިތުރުކޮށްދޭ ކަމަށް މާހިރުން ބުނެ އެވެ. 2015 ވަނަ އަހަރު ހެދި ދިރާސާ އަކުން ދައްކާ ގޮތުގައި ހެނދުނުގެ ނާސްތާގެ ކުރިން ކަސްރަތު ކުރާ މީހުންގެ ހަށިގަނޑުން ސަރުބީ ވިރުވައިދޭ މިންވަރު އެހެން ވަގުތުތަކުގައި ކަސްރަތު ކުރާ މީހުންނަށް ވުރެ ދެގުނަ އިތުރެވެ.


ނިދި ރަނގަޅުވުން


ހަވީރު ނުވަތަ ރޭގަނޑުގެ ވަގުތުގައި ކަސްރަތު ކުރާނަމަ ކަސްރަތު ސެޝަނުން އަރައިގަތުމަށް ހަށިގަނޑަށް ވަގުތު ނުލިބި ނިދާ ވަގުތު ޖެހެ އެވެ. ނަތީޖާއަކަށް ވަނީ ނިދުމަށް އުނދަގޫވެ، ރޭގަނޑުގެ ހަމަ ނިދި ނުލިބުމެވެ. އޭގެ ބަދަލުގައި ހެނދުނު ކަސްރަތު ކުރާނަމަ ހަށިގަނޑު ހަމަޖެހިލުމަށް ފުރުސަތު ލިބި ނިދި ރަނގަޅުވެ އެވެ.


ކަންކަމަށް ދޭ ސަމާލުކަން އިތުރުވުން


ހެނދުނުގެ ވަގުތުގައި ކަސްރަތުކުރުމުން ހަށިގަނޑުގައި ހުންނަ ކޯޓިސޯލްގެ މިންވަރު ދަށްކޮށްދީ ކަންކަމަށް ދޭ ސަމާލުކަން އިތުރުވުމަށް މަގުފަހި ކޮށްދެ އެވެ. އެހެންކަމުން ހެނދުނު ކަސްރަތުކުރުމަކީ ވަޒީފާގެ މާހައުލުގައި ކުރާ މަސައްކަތުގެ ފެންވަރު ރަނގަޅުކޮށްދޭ ކަމެކެވެ.

Related Posts

See All

Comments


bottom of page