top of page
މައުމޫނު އަލީ

ފޭހުނު އިލޮށި



ލީ އާއި އިކުރާމަކީ އަބަދުވެސް ވާދަކުރެވޭތޯ އުޅޭ ދެކުދިންނެވެ. ނަމަވެސް ޢަލީ އާއި ހިލާފަށް އިކުރާމަކީ ވަރަށް ގިނައިން އަތް އިސްކުރާ ކުއްޖެކެވެ. ދެކުދިން އެންމެ ކުޅޭ ހިތް ވަނީ ފުޓުބޯޅައެވެ.


އަހަރުގެ ސުކޫލު ފުޓްބޯޅަ މުބާރާތް ފެށެން ހަފްތާއަކަށް ވެއްޖެއެވެ. މިއަހަރު އަލީ ވަރަށް މޮޅަށް ފުޓުބޯޅަ ކުޅެން ދަސްކުރިއެވެ. އިކުރާމު ހާސް ވިއެވެ. އޭނާ ކޮންމެހެން ވެސް މިއަހަރުގެ ތަށި ހޯދަން ޖެހެއެވެ. އެއީ ބައިވަރު މީހުން މިފަހަރު އަންނާތީއެވެ. އޭނާ ކަމެއް ރާވަން ފެށިއެވެ. މިފަހަރު ވަރުގަދަ މަޅިއެއް އިކުރާމު ހަދަން ނިންމިއެވެ. އެ މަޅީގައި ޢަލީ ބެދޭނެ ކަމާއި މެދު ޝައްކެއް ނެތެވެ.


ޢަލީ ގިނައިން ދާ މަގުގައި ވަޅުގަނޑެއް ކޮނެ ބައިވަރު ފުޅިތޮށި އެޅިއެވެ އަދި މަތީގައި ގޯންޏެއް ބާއްވައިފައި ވެލިކޮޅެއް އަޅާލިއެވެ. މިހާރު އެތަން ހުރިގޮތުން ހީވާނީ އެއީ ހަމަ އާދައިގެ މަގުގެ ބައެއް ކަމަށެވެ.


ހެނދުނު ޕްރެކްޓިސް ނިންމާފައި ޢަލީ ދަނިކޮށް އަނަސް ގޮވާލި އެވެ. " އަލާރް ބުނީ އެގެއަށް އަންނާށޯ" ޢަލީ މިދަނީ އޭ ބުނެ އަނބުރާ އެގެއަށް ދިއުމަށް ބައިސްކަލު ދުއްވާލިއެވެ.އިކުރާމު ސިއްސައިގެން ދިޔައީ އޭނާގެ ފޯނު ޖަހައިގަނެގެން ދިޔުމުންނެވެ. އިކުރާމު ދުއްވައި ގަތެވެ. ދުވަމުން ދިޔައިރު އޭނާ ޢަލީ އަށް ޖެހި މަޅި މަތިން ހަނދާނެއް ނެތެވެ. ދުވަމުން ދަނިކޮށް އޭނާ ވެއްޓުނެވެ. އޭނާ ކޮނުނު ވަޅުގަނޑަށެވެ. އޭނާ އަށް ބާރަށް ހަޅޭއްލަވައިގަނެވުނެވެ. އެންމެން އެއްވެ އިކުރާމު ނެގިއެވެ.


ނަމަވެސް މާލަސްވެއްޖެއެވެ. އޭނާ މި ދުނިޔެއާ ވަކިވެގެން ދިޔައީ މާބޮޑަށް ލޭ ބޭރު ވުމުންނެވެ. އެހެންމީހަކަށް ލަނޑު ދޭން ހަދައިގެން އިކުރާމު މިދުނިޔެ ދޫކުރީއެވެ. ތިމާ ފޭހުނު އިލޮށި ހަމަ ރަނގަޅަށް ވެސް އިކުރާމު ގެ ލޮލަށް ހެރިއްޖެ އެވެ. ދެން ހިތާމަ ކުރިއަސް ވާނެ ކަމެއް ނޯންނާނެ އެވެ. މިއޮތީ ދެން ތަށި ލިބިފައެވެ.


Related Posts

See All

Коментарі


bottom of page