top of page
އަހްމަދު

މެދު ކެނޑުމަކަށް ފަހު ޕިއްޒާ ކިޗަން ޑެލިވަރީ އަނެއްކާވެސް ފަށައިފި

ޕިއްޒާ ކިޗަންގެ ޑެލިވަރީ އަދި ޓޭކުއަވޭގެ ހިދުމަތްފަށައިފިެެވެ.
ޑެލިވަރީ ކުރާނީ ހުޅުމާލެ ފޭސް އެކެއް، ފޭސް ދޭއް އަދި ހުަޅުލެެއަށް

ޕިއްޒާކިޗަންގެ ހުޅުމާލޭ އައުޓުލެޓް ބަންދުކޮށް ހިދުމަތް މެދުކަނޑާލާފައިވަނީ ޕިއްޒާކިޗަން ހިންގަމުން އައި ތަން ބަދަލުވުމުގެ ސަބަބުންނެވެ.


ނަމަވެސް މިއަދު އަނެއްކާވެސް ޕިއްޒާކިޗަންގެ ހާއްސަ ޕިއްޒާތައް ހުޅުމާލެ ފޭސް 1، ފޭސް 2 އަދި ހުޅުލެއަށް ވަނީ ޑެލިވަރީގެ ހިދުމަތް ފަށާފައެވެ. ނަމަވެސް މާލެއަށް ޕިއްޒާކިޗަންގެ ޑެލިވަރީގެ ހިދުމަތް ލިބެމުންދާނީ އަވަސް ފުޑުގެ އެޕްލިކޭޝަން މެދުވެރިކޮށެވެ.


ޕިއްޒާކިޗަންގެ ޑެލިވަރީގެ ހިދުމަތް ކޮންމެ ދުވަހެއްގެވެސް ހެނދުނު 11 އިން މެންދަމު އެކެއް ޖަހަންދެން ދޭނެއެވެ.


ޕިއްޒާކިޗަންގެ ޑައިނިންގެ ހިދުމަތް ވަރަށް އަވަހަށް ހުޅުމާލޭގައި ދިނުމަށް އަންނަނީ ތައްޔާރުވަމުންނެވެ.


ޕިއްޒާކިޗަންއިން ޕިއްޒާ އަށް އޯޑަރު ކުރުމަށް ގުޅާނީ 3356565 އަދި ވައިބަރ ކުރާނީ 7876565 ނަމްބަރަށެވެ.


ޕިއްޒާ ކިޗަން އަަކީ އާންމުންގެ ޖަމްއިއްޔާ އުފެދިގެން އައިއިރު ކޮތަރުކޮށި ޓީމަށް ވަރަށް ބޮޑެތި އެހީތަކެއް ވެދިން ތަނެކެވެ. ވަރަށް ގިނަ ހިޔާ ފްލެޓުވެރިންނަށް އެނގިވަޑައި ގަންނަވާނެ ފަދައިން ހިޔާ ފްލެޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތުގައި ހުޅުމާލޭގެ ހެލްޕު ޑެސްކު ހުރީ ޕިއްޒާ ކިޗަންގައެވެ.


އަދި ހިޔާ ފްލެޓު ކަންކަމާއި ގުޅިގެން އޭރު ހުޅުމާލޭގައި ބޭއްވި ހުރިހާ ބައްދަލުވުން ތަކެއް ބާއްވަން ޕިއްޒާ ކިޗަން ވަަނީ ހިލޭ ސާބަހަށް ފްލެޓުވެރިން ބޭނުން ކުރަން ދީފައެވެ.


ރޯދަމަހު ހިޔާ ސަރަހައްދުން ވަރަށް ގިނަ އިރުތަކެއް ވަންދެން ކަރަންޓު ކެނޑުނު ރޭވެސް ޕިއްޒާ ކިޗަން އިން އެ ސަރަހައްދުގައި މަސައްކަތުގައި ތިބި ފަރާތްތަކަށް ހިލޭ ޕިއްޒާ ބެހިއެވެ.


އަދި މީގެ އިތުރުންވެސް ޕިއްޒާ ކިޗަން އަކީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި އެހެނިހެން ޖަމްއިއްޔާ ޖަމާއަތްތަކަށް ގިނަގުނަ އެހީވާތަކެއް ވާ މަދަދުވެރިއެކެވެ.

Related Posts

See All

Comments


bottom of page