top of page
މައުމޫނު އަލީ

ކޮމަންޑޫގައި 41 މިލިއަން ރުފިޔާއަށް 30 ފްލެޓް އަޅަން އާރުސީސީއާ ހަވާލުކޮށްފި

ށ. ކޮމަންޑޫގައި 30 ފްލެޓް އިމާރާތްކުރަން 41 މިލިއަން ރުފިޔާ އަށް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޑެޓް (އާރުސީސީ) އާ މިއަދު ހަވާލުކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ އެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރުއޫގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ.

މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، ޑިރެކްޓަ ޖެނެރަލް އަހުމަދު ވިޝާން ނަސީމެވެ. އާރުސީސީގެ ފަރާތުން ސޮއިކުރެއްވީ ޕްރޮޖެކްޓްސް ޑިރެކްޓަރު އާދަމް ރަހީމެވެ.


އެ މަޝްރޫއުގައި ހިމެނެނީ 700 އަކަފޫޓްގެ ދެ ބުރީގެ 30 ފްލެޓެވެ. ކޮންމެ ފްލެޓެއްގައި ތިން ކޮޓަރި އާއި ތިން ފާހާނާ އާއި ސިޓިން ރޫމާއި ބަދިގެ އާއި ކާގެ އާއި ލޯންޑްރީ އަދި ސްޓޯރޫމެއް ހުންނާނެ އެވެ.


މިނިސްޓްރީން ބުނި ގޮތުގައި، އިމާރާތުގެ ވަށާފާރާއި ފްލެޓްތަކުގައި ދިރިއުޅޭ މީހުންނަށް ހިތްފަސޭހަ މާހައުލެއް ހޯދައިދިނުމަށް ފްލެޓްތަކުގެ ވަށައިގެން އަލިކުރާނެ އެވެ. އަދި ޕާކަކާއި ވެހިކަލް ޕާކިން ޒޯނެއް ވެސް ހަދާނެ އެވެ.


ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން ހަރަދުކޮށްގެން ހިންގާ މި މަޝްރޫއަށް މުޅި ޖުމްލަ 40،923،848.16ރ. ހޭދަވެ އެވެ.

Comments


bottom of page