top of page
މައުމޫނު އަލީ

ކަންކަމާމެދު މާބޮޑަށް ވިސްނުމާއި ކަން ބޮޑުވުން ހުއްޓުވޭނެ 15 ގޮތް

ޖޫން 2023


ހުރިހާ ކަމެއްގައި މާބޮޑަށް ވިސްނުމާއި ކަންބޮޑުވުމަކީ އަހަރެމެންގެ ނަފްސާނީ ދުޅަހެޔޮކަމަށް މާބޮޑަށް އުނދަގޫވެ ގެއްލުން ލިބިދާނެ ކަމެކެވެ. މިއީ މާބޮޑަށް ވިސްނުމާއި ކަންބޮޑުވުން ހުއްޓުވުމަށް އެހީތެރިވެދޭނެ 15 ސްޓްރެޓެޖީއެކެވެ.

މައިންޑްފުލްނެސް ފަރިތަ ކުރުން

ކުރިއަށް އޮތް މަންޒަރުތަކުގައި ނުވަތަ މާޒީގެ ހާދިސާތަކުގައި ޖެހިލުމަށް ވުރެ، މިހާރުގެ ވަގުތަށް މީހާގެ ސަމާލުކަން ގެނެސް، މިވަގުތު ހިނގަމުންދާ ކަންކަމަށް ފޯކަސް ކުރުމެވެ.

ތިމާގެ ޚިޔާލު ތަކަށް ގޮންޖެހުން

ތިމާގެ ކަންބޮޑުވުންތަކުގެ ޞައްޙަ ކަމާމެދު ސުވާލު އުފައްދައި، މާބޮޑަށް ވިސްނުމަށް މެދުވެރިވާ ނޭދެވޭ ޚިޔާލުތަކަށް ގޮންޖަހާށެވެ. ތިމާގެ ކަންބޮޑުވުންތަކަށް ތާއީދުކުރާ ހެކިތައް ހުރިތޯ ނުވަތަ ނިންމުންތަކަށް ފުންމާލަނީތޯ އަމިއްލަ ނަފްސާއި ސުވާލު ކުރާށެވެ.

ކަންބޮޑުވާ ވަގުތު ވަކި ކުރުން

ކަންބޮޑުވުމަށް ޚާއްޞަ ކުރާނެ ވަކި ވަގުތެއް ކަނޑައަަަލާށެވެ. އެ ކަނޑައެޅި ފައިވާ ވަގުތުން ބޭރުގައި ކަންބޮޑުވުން ތައް އުފެދޭ ވަގުތުތަކުގައި، ޝެޑިއުލް ކޮށްފައިވާ ކަންބޮޑުވުމުގެ މުއްދަތުގައި އެކަންކަން ހައްލު ކުރާނެކަން ހަނދާން ކޮށްދޭށެވެ.

ޖިސްމާނީ ހަރަކާތް ތަކުގައި ބައިވެރިވުން

ކަސްރަތު ކުރުމަކީ ހާސްކަމާއި ސްޓްރެސްގެ މިންވަރު ކުޑަކުރުމަށް އެހީތެރިވެދޭ ކަމެކެވެ. ގަވާއިދުން ޖިސްމާނީ ގޮތުން ހަރަކާތްތެރި ވުމަކީ ފޯކަސް ރީޑައިރެކްޓް ކޮށް ނުވަތަ ފިކުރުގެ މިސްރާބު ހާސްކަމާއި ދުރަށް ބަދަލުކޮށް، ހަކަތައަށް ދުޅަހެޔޮ އައުޓްލެޓެއް ލިބިގެންދާނެ ކަމެކެވެ.

މައުލޫމާތު ހޯދުން ހަނިކުރުން

މެދު ނުކެނޑި ފިކުރު ކުރާ ކަމަކާއި ގުޅޭ ޚަބަރު ބޭނުން ކުރުމަކީ ނުވަތަ އެ މައުލޫމާތު ހޯދުމަކީ އެކަމަކާއި ބެހޭގޮތުން މާބޮޑަށް ވިސްނުމަށް މަގުފަހިވާ ކަމެކެވެ. ޚަބަރު ނުވަތަ މައުލޫމާތަށް ތިމާ ހުށަހެޅޭ މިންވަރު ކަނޑައެޅުމާ އެކު އިތުބާރު ހުރި މަސްދަރުތަކުގައި ހުންނަ މައުލޫމާތު ތަކާމެދު ވިސްނަން އިސްކަން ދޭށެވެ.

އަމިއްލަ ނަފްސަށް އޯގާތެރި ވުމަށް އަމަލު ކުރުން

އަމިއްލަ ނަފްސަށް އޯގާތެރިވެ، މާބޮޑަށް ވިސްނުމަކީ އާންމު މަސައްކަތެއްކަން ދެނެގަންނަން ވާނެއެވެ. އަމިއްލަ ނަފްސާއި މެދު ކަންތައް ކުރާނީ މިފަދަ ހާލަތެއްގައި ހުރި ރައްޓެއްސަކަށް ދޭ އޯގާތެރި ކަމާއި ވިސްނުމުންނެވެ.

ޕޮޒިޓިވް އެފާރމިޝަންސް ބޭނުން ކުރުން

މިއީ ނެގެޓިވް ނުވަތަ ނުރަނގަޅު ފިކުރުތަކުގެ ބަދަލުގައި ޕޮޒިޓިވް އެފަރމިޝަންސް ބޭނުން ކުރުމެވެ. އިތުބާރާއި، އަމިއްލަ ނަފްސު ބަލައިގަތުމާއި، އުންމީދީކަން އިތުރު ކޮށްދޭ ބަޔާންތައް ތަކުރާރު ކުރުމެވެ.

ބްރޭކް ނަގާ ހޮބީތަކުގައި ބައިވެރިވުން

ކަމުދާ ހަރަކާތްތަކުގައި ބައިވެރިވެ މާބޮޑަށް ވިސްނުމުން ސަމާލުކަން ނަގާށެވެ. ހޮބީތަކަކީ ފުރިހަމަ ކަމުގެ އިހުސާސެއް ލިބި، ކަންބޮޑުވުންތަކާ ދުރަށް ފޯކަސް ބަދަލުކުރުމަށް އެހީތެރިވެދޭނެ ކަންކަމެވެ.

ސަޕޯޓު/އެހީ ހޯދުން

މިއީ ތިމާގެ ކަންބޮޑުވުންތައް އިތުބާރު ހުރި ރައްޓެއްސަކާ، އާއިލާގެ މެމްބަރަކާ ނުވަތަ ތެރަޕިސްޓަކާ ހިއްސާކުރުމެވެ. ތިމާގެ ކަންބޮޑުވުން ތަކުގެ ވާހަކަ ދެއްކުމަކީ ޕާސްޕެކްޓިވް ހޯދުމާއި، ތާއީދު ލިބުމާއި، އަގުހުރި ވިސްނުންތަކެއް ހޯދުމަށް އެހީތެރިވެދޭނެ ކަމެކެވެ.

ރިރެކްސޭޝަން ޓެކްނިކްސް ފަރިތަ ކުރުން

ޑީޕް ބްރީތިންގ (ނޭވާ ލުމުގެ) ކަސްރަތު، ޕްރޮގްރެސިވް މަސް ރިލެކްސޭޝަން ފަދަ ރިލެކްސޭޝަން ޓެކްނިކްސް ހޯދައި އެ އުކުޅުތަކުގެ އެހީގައި ސިކުނޑި ހަމައަކަށް އަޅުވައި، ހާސްކަން ކުޑަ ކުރުމެވެ.

މައްސަލަ ހައްލު ކުރުމަށް ފޯކަސް ކުރުން

ކަންބޮޑުވުންތައް ވަކި މައްސަލަތަކެއްގެ ވަށައިގެން އެނބުރެމުން ދާނަމަ، މައްސަލައިގެ މައްޗަށް ވިސްނުމުގެ ބަދަލުގައި މައްސަލަ ހައްލުކުރުމަށް ހަކަތަ ބަދަލު ކޮށްލާށެވެ. މިއީ ހާލަތު ހައްލު ކުރުމަށް އަޅާނެ ފިޔަވަޅުތައް ދެނެގަތުމެވެ.

ކަންބޮޑުވުން ޖާނަލް އުފެއްދުންް

ކަންބޮޑުވުން ތަކާއި ކަންބޮޑުވުން ތައް ޖާނަލްއެއްގައި ލިޔެލާށެވެ. މިއީ ތިމާގެ ޚިޔާލުތައް ބޭރުފުށަށް ނެރެ، ސާފު ނަޒަރިއްޔާތެއް ލިބިގެންދާނެ ކަމެކެވެ. ކަންބޮޑުވުންތަކާ މެދު ވިސްނާލުމަކީ ވެސް އުސޫލުތައް ނުވަތަ ތަކުރާރުވާ ތީމްތައް ވިސްނައިދިނުމަށް އެހީތެރިވެދޭނެ ކަމެކެވެ.

ޝުކުރުވެރި ވުމުގެ އަމަލު ކުރުން

މިއީ ދިރިއުޅުމުގެ ހެޔޮ ކަންތައްތައް ގަވާއިދުން ގަބޫލުކޮށްގެން ޝުކުރުވެރިކަމާ ދިމާއަށް ފޯކަސް ބަދަލުކުރުމެވެ. މިއީ ނެގެޓިވް ވިސްނުމުގެ އުސޫލުތައް ކައުންޓަރ ބެލެންސްކޮށް، އިތުރަށް ޕޮޒިޓިވް ވިސްނުމެއް އާލާކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.

ކެފެއިން މަދުކުރުން

މާގިނައިން ކެފެއިން ބޭނުންކުރުމަކީ ހާސްކަމާއި މާ ބޮޑަށް ވިސްނުމަށް މަގުފަހިވާ ކަމެކެވެ. ޚާއްޞަކޮށް ކެފެއިން އެކުލެވޭ ބުއިންތައް ބޭނުން ކުރުން މަދުކުރުމަށް ނުވަތަ މުޅިން ދުރުހެލިވުމަށް ވިސްނާށެވެ، ޚާއްޞަކޮށް އެއީ ކަންބޮޑުވުންތައް އިތުރުވާ ކަމެއްކަން ފާހަގަކުރެވިއްޖެ ނަމައެވެ.

މާހިރެއްގެ އެހީ ހޯދުން

މާބޮޑަށް ވިސްނުމާއި ކަންބޮޑުވުމަކީ ދުވަހުގެ ދިރިއުޅުމާއި ދުޅަހެޔޮކަމަށް ވަރަށް ބޮޑަށް ހުރަސްއެޅޭ ކަމެއްނަމަ ނަފްސާނީ ސިއްހަތުގެ މާހިރެއްގެ އެހީތެރިކަން ހޯދުމަށް ވިސްނާށެވެ. އެމީހުންނަށް ތިބާގެ ކަންބޮޑުވުންތައް ފައިދާ ހުރި ގޮތެއްގައި މެނޭޖްކުރުމަށް އެހީތެރިވެދޭނެ އިރުޝާދާއި، ސަޕޯޓާއި، ޚާއްޞަ ސްޓްރެޓެޖީތައް ފޯރުކޮށްދެވިދާނެއެވެ.

ކޮންމެ މީހެއްގެ ދަތުރަކީ ވެސް ތަފާތު ދަތުރެއް ކަމާއި، މާބޮޑަށް ވިސްނުމާއި ކަންބޮޑުވުންތަކުން އަރައިގަތުމަށް ވަގުތާއި ފަރިތަކުރުންތައް ނަގާފާނެކަން ހަނދާން ކުރާށެވެ. އަމިއްލަ ނަފްސަށް ކެތްތެރިވެ އެ ދަތުރުމަތީ ލިބޭ ކުދިކުދި ކާމިޔާބީތައް ފާހަގަކުރާށެވެ.



ރިފަރެންސް ބޭނުމަށް:


Related Posts

See All

Comments


bottom of page