top of page
މައުމޫނު އަލީ

ބޮޑު އީދަށް ބޮޑު ބަންދެއް، 9 ދުވަސް ލިބޭނެ


މިއަހަރުގެ ބޮޑު އީދު ބަންދަށް 9 ދުވަހަށް ސަރުކާރު ބަންދުވާނެއެވެ.

ހިޖްރީ ކަލަންޑަރުގައި ވާގޮތުން މިއަހަރުގެ ހައްޖު ދުވަހަކީ ޖޫންމަހުގެ 27 ވަނަ ދުވަހެވެ. އަދި ސަރުކާރުން މިދިޔަ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުވަނީ  25 ޖޫން ވާ އާދިއްތަ ދުވަހާއި 26 ޖޫން ވާ ހޯމަ ދުވަސް ސަރުކާރު ބަންދު ދެދުވަހުގެ ގޮތުގައި ކަނޑައަޅުއްވާފައެވެ. އެހެންކަމުން ޖޫން 23 ވާ ހުކުރު ދުވަހުން ފެށިގެން 1 ޖުލައި ވާ ހޮނިހިރު ދުވަހާއި ހަމައަށް ސަރުކާރު ބަންދުވާނެއެވެ.

ހައްޖު ދުވަހާއި އީދު ބަންދާއެކު މިއަހަރު 9 ދުވަހަށް ސަރުކާރު ބަންދުވާތީ ސަރުކާރު މުވައްޒަފުންނަށް މިމަހުގެ 22 ވަނަ ދުވަހުގެ ކުރިން މުސާރަ ޖަމާކޮށްދިނުމަށް ވަނީ ފިނޭންސް މިނިސްޓްރީން ވަނީ އަންގާފައެވެ.

އީދު ބަންދަށް މިއަހަރު ގިނަ ދުވަސްތަކެއް ލިބޭއިރު މާލެއާއި އަތޮޅުތެރޭގައި ބޮޑު އީދު ކުލަގަދަކޮށް ފާހަގަކުރުމުގެ ތައްޔާރީތައް އަންނަނީ ވަމުންކަން ފާހަގަކޮށްލެވެއެވެ.

Related Posts

See All

Comments


bottom of page