top of page
މައުމޫނު އަލީ

ސާފު ހުޅުމާލެ އިވެންޓަށް ބޮޑު ތަރުހީބެއް، ހުރިހާ އެސްއޯއީތަކުން ވެސް ބައިވެރިވާން ޝައުގުވެރިކަން!

ހުޅުމާލެ ފޭސް ގެ 2 އަތިރިމަތި ސާފުކުރަނީ

ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އަރބަންކޯގެ ފަރާތުން މި ހޮނިހިރު ދުވަހު ބޭއްވުމަށް ތައްޔާރުވެފައިވާ ދުނިޔެ މަގޭ – ސާފު ހުޅުމާލެ މެގާ ކްލީނިންގ އިވެންޓަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ. އަރބަންކޯއިން ލޯންޗުކޮށްފައިވާ ދުނިޔެ މަގޭ ކެމްޕޭންގެ ދަށުން ބާއްވާ މި ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އާއި، ސަރުކާރުގެ ގިނަ ކުންފުނިތަކާއި، މިނިސްޓްރީތަކުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މާލެ އާއި ހުޅުމާލޭގެ ސްކޫލްތަކާއި، ހުޅުމާލެ ހޮސްޕިޓަލުން ވެސް ބައިވެރިވުމަށް ވަނީ ހަމަޖެހިފއެވެ.

ހޮނިހިރު ދުވަހުގެ ހެނދުނު 7:30ން ފެށިގެން ކުރިއަށްގެންދާ މި ހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ ޗެނަލް ޕާކު ސަރަހައްދުންނެވެ. އޯޕަނިން ސެރަމަނީ އަކުން ފެށޭ މި ހަރަކާތުގެ ތެރެއިން މުޅި ހުޅުމާލޭގައި މީހުން ދިރިއުޅޭ ހުރިހާ ސަރަހައްދެއް ސާފުކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ޖުމްލަ 7 ސަރަހައްދަކަށް ބަހާލުމަށް ހަމަޖެހިފައިވާއިރު ބައިވެރިންގެ ތެރެއިން އެ ސަރަހައްދުތަކަށް ގްރޫޕްތައް ބަހާލާނެއެވެ. އަދި ކޮންމެ ގްރޫޕަކަށް ވެސް ވަކި ސަރަހައްދެއް އެލޮކޭޓްކުރާއިރު، ފެނާއި، ކުނި އަޅާނެ އަދި ކުނި ކަހާނެ ސާމާނާއި، އަންގި ފަދަ ތަކެތި އެ ސަރަހައްދުތަކުން ލިބެން ހުންނަގޮތަށް ވާނީ ހަމަޖައްސާފައެވެ. 10:45 ގައި ސާފުކުރުމުގެ އިވެންޓް ނިންމާލަން ހަމަޖެހިފައިވާއިރު، ހަރަކާތް ނިންމާލުން އޮތީ ވޯޓަރ ސްޕޯޓްސް އެކްޓިވިޓީއާ އެކުގައެވެ.

މި އިވެންޓުގައި މީހުން ދިރިއުޅޭ ސަރަހައްދުތައް ސާފުކުރުމަށް ނިންމާފައިވާ މައިގަނޑު ސަބަބަކީ އާންމުންގެ މެދުގައި ޑެންގޫ ފަދަ ބަލިތައް ފެތުރުމާއި، މަދިރި އާލާވުމުގެ މައްސަލަތައް ރިޕޯޓުކުރާ މިންވަރަށް ބަލައި އެކަންކަން ހައްލުކުރުމުގެ މަގްސަދުގައެވެ. އަދި އާންމު ފަރުދުންނަށް އެބަޔަކު ދިރިއުޅޭ ސަރަހައްދުތަކުގެ ސާފުތާހިރުކަން ދެމެހެއްޓުމަށް ބާރުއެޅުމުގެ ގޮތުންނެވެ.

ދުނިޔެ މަގޭ ކެމްޕޭންގެ ދަށުން މި އަހަރުގެ ތިމާވެށީގެ ދުވަހާއި ގުޅިގެން ސާފުކުރުމުގެ އިވެންޓެއް ކުރިއަށްގެންދާއިރު، މި އަހަރު ތެރެއަށް ބަހާލައިގެން އެހެން ހަރަކާތްތައް ވެސް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ.

Related Posts

See All

Opmerkingen


bottom of page