top of page
މައުމޫނު އަލީ

ހިޔާ ސަރަހައްދުގައި 2 ފުޓްސަލް ދަނޑު އެޅުމުގެ މަސައްކަތް ފަށައިފި.



ހުޅުމާލޭ ފޭސް 2 ހިޔާ ސަރަހައްދުގައި ގިނަ އަދަދެއްގެ ރައްޔިތުންތަކެއް މިހާރު ދިރިއުޅެމުން ދާއިރު، މި ސަރަހައްދުގައި ގިނަ ހިދުމަތްތަކާއި ވަސީލަތްތައް ތަރައްޤީ ކުރުމަށް ސަރުކާރާއި މި ކޯޕަރަޝަނާއި ގުޅިގެން ދަނީ ކުރެވެމުންނެވެ.


މިގޮތުން، މި ސަރަހައްދުގައި ދިރިއުޅޭ ފަރާތްތައް ބޭނުންވާ ކަންކަން ދެނެގަނެ ގިނަ މަސައްކަތްތަކެއް ރޭވި، މިހާރު ވަނީ ފެށިފައެވެ.


މިގޮތުން، މިހާރު އެ ސަރަހައްދުގައި ވަގުތީ ގޮތުން ހަދާފައިވާ ފުޓްސަލް ދަނޑު ހުރި ސަރަހައްދުގައި ޒަމާނީ އަދި ފެންވަރު ރަނގަޅު 2 ދަނޑު އެޅުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން މިހާރު ވަނީ ޒެބްކޯ ކުންފުންޏާއި ހަވާލުކޮށްފައެވެ.


ހުޅުމާލޭ ފޭސް 2 ހިޔާ ސަރަހައްދު (ޕްލޮޓް ނަމްބަރު N6-38a) ގައި 2 ފުޓްސަލް ދަނޑު ތަރައްޤީކުރުމަށް ޒެބޮކް އާއި ހަވާލުކުރީ 4،265،024.44 (ހަތަރު މިލިއަން ދެލައްކަ ފަސްދޮޅަސް ފަސްހާހް ސައުވީސް ރުފިޔާ ސާޅީސް ހަތަރު ލާރި) އަށެވެ. އަދި މި މަސައްކަތް ޒެބޮކް އާއި ހަވާލުކުރީ މަސައްކަތް ފަށާތާ 55 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭގޮތަށެވެ.


މި ދަނޑުތައް އެޅުމުން އެސަރަހައްދުގައި ދިރިއުޅޭ ކުދި ބޮޑު އެންމެހާ ފަރާތްތަކަށް ވެސް ކުޅިވަރު ކުޅުމަށް ގިނަ ލުއިތަކެއް ލިބިގެން ދާނެއެވެ. އަދި މިނޫން ވެސް ގިނަ އިތުރު ކުޅިވަރުތައް ކުޅޭނެ ތަންތަން ތަރައްޤީ ކުރުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި , އާރބަންކޯއިން ދަނީ މަސައްކަތް ކުރަމުންނެވެ.

Comments


bottom of page