top of page
މައުމޫނު އަލީ

މާލެ ސަރަހައްދުގެ ހަތަރު ތަނެއްގައި އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރާނެ




މާލޭގެ 4 ސަރަޙައްދެއްގައި އަޟްހާ އީދު ނަމާދު ބޮޑު ޖަމާޢަތުގައި ކުރާގޮތަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހަމަޖައްސަވައިފިއެވެ.


އިސްލާމިކް މިނިސްޓްރީން ބުނީ، މާލޭ މާފަންނު ސްޓޭޑިއަމާއި، ހުޅުމާލޭ ސިންތަޓިކް ޓްރެކްގެ އިތުރުން ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކްރިކެޓް ސްޓޭޑިއަމާއި، ވިލިނގިލީގެ ބޯޅަދަނޑުގައިވެސް ޢީދު ނަމާދު ބޮޑުޖަމާޢަތުގައި ކުރާގޮތަށް މިއަހަރު ހަމަޖެހިފައިވާކަމަށެވެ.


މީގެއިތުރުން މާލެއާއި ހުޅުމާލެއާއި ވިލިމާލެ ހިމެނޭހެން އިތުރު 25 މިސްކިތެއްގައިވެސް ޢީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.


މީގެ ތެރޭގައި ހިމެނެނީ މާލޭގެ 17 މިސްކިތަކާއި، ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ 3 މިސްކިތަކާއި، ދެވަނަ ފިޔަވަހީގެ 2 މިސްކިތެއްގެ އިތުރުން ހުޅުލޭގެ 2 މިސްކިތަކާއި، ވިލިމާލޭގެ މިސްކިތެކެވެ.


ކޮންމެ އީދަކާއި ދިމާކޮށްވެސް މާލޭގެ އިތުރުން އަތޮޅުތެރޭގެ ރަށްތަކުގައި ބޮޑު ޖަމާއަތް ހަދައިގެން އީދު ނަމާދު އަންނަނީ ކުރަމުންނެވެ.

Related Posts

See All

Comments


bottom of page