top of page
މައުމޫނު އަލީ

އަދުލުވެރިކަން ނެތް އެއްވެސް މުޖުތަމަޢެއްގައި ހެޔޮކަމެއް ނޯންނާނެ:



ދިވެހިރާއްޖެ މިއަދު މިވަނީ، ހެޔޮ ލަފާ މުޖުތަމަޢެއް ބިނާކުރުމަށާއި، ތަރައްޤީއާއި، ތަހުޒީބުގެ އައު އުސްމިންތަކަށް ވާސިލްވުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރަން ޖެހިފައެވެ. މި މަސައްކަތްތައް ކާމިޔާބީއާ ހަމައަށްގެންދެވޭނީ މުހިންމު ރުކުންތަކެއް ފުރިހަމަވެގެނެވެ.

އޭގެ ތެރެއިން އެންމެ މުހިންމު ރުކުންތަކަކީ، އަދުލުވެރިވުމާއި، އިންސާފު ގާއިމުކުރުމާއި، ހެޔޮކަންކަމަށް އަމުރުކުރުމާއި، ނުބައިކަންތައްތައް ނަހީކުރުންކަން ފާހަގަކޮށްލަމެވެ. އަދުލުވެރިކަން ނެތް އެއްވެސް މުޖުތަމަޢެއްގައި، ހެޔޮކަމެއް ނޯންނާނެއެވެ.


އިންސާފާއި ހަމަހަމަކަން ނެތް މުޖުތަމަޢެއްގައި، ސުލްހަވެރިކަމެއް ނޯންނާނެއެވެ. ހެޔޮކަންކަމަށް އަމުރުކުރުމާއި، ނުބައިކަންތައްތައް ނަހީނުކުރާ މުޖުތަމަޢެއް ވެގެންދާނީ މުންކަރާތްތައް އާންމުވެފައިވާ، ބާއްޖަވެރިކަމެއް ނެތް މުޖުތަމަޢަކަށްކަންކަށަވަރެވެ.



"ފަހެ ހެޔޮ ކަންކަމަށް އަމުރުކޮށް، ނުބައިކަންކަން ހުއްޓުވުމަކީއިސްލާމީ މުޖުތަމަޢެއްގެ އެންމެ އިސް ރުކުން. މި އުއްމަތަކީ، އެންމެ ހެޔޮ އުއްމަތް ކަމުގައި ވެގެންދިޔައީ ހެޔޮ ކަންކަމަށް އަމުރުކޮށް ނުބައި ކަންކަން ހުއްޓުވުމުގެ ސަބަބުން. މީސްތަކުންނަށްޓަކައި ނެރުއްވި އެންމެ ހެޔޮ އުއްމަތް ކަމުގައި ތިޔަބައިމީހުން ވީމު. އެހެނީ ތިޔަބައިމީހުން ހެޔޮކަންތަކަށް އަމުރު ކުރަމު. އަދި ނުބައި ކަންތައްތައް ނަހީކުރަމު. އަދި ތިޔަބައި މީހުން ﷲއަސް އީމާންވަމު. ފޮތުގެ އަހުލުވެރިން އީމާންވީނަމަ އެއުރެންނަށް އެގޮތް ހެޔޮކަން ބޮޑުވީސްކަން ކަށަވަރު. އެއުރެންގެ ތެރެއިން އީމާންވެގެންތިބި މީހުންވޭ. އަދި އޭގެ ތެރެއިން ގިނަ މީހުންނީ ފާސިގުންނެވެ."

 

 

މީގެ އިތުރަށް ޒުވާނުންނަކީ މި ގައުމުގެ އުންމީދު ކަމާއި ގައުމު ދިރިއޮތުމުގެ ސިއްރުކަން ކަށަވަރެވެ.

އަދި ކޮންމެ ޒުވާނަކަށް ލިބޭ ދެރައަކީ ނުވަތަ ހިތާމައަކީ އެކަމުގެ މައްޗަށް އާއިލާތަކާއި މުޅި ގައުމު ހިތާމަކުރާނެ ކަމެއް ކަމަށާއި އިސްލާމްދީން ވަނީ ޒުވާނުންނަށް ތައުރީފްކޮށްފައެވެ.


ހެޔޮ ގޮތުގައި ތަރުބިއްޔަތުވެގެން ﷲއަށް އަޅުކަން ކުރުން މަތީ ދެމިހުންނަ ޒުވާނާއަށް ގިޔާމަތް ދުވަހު މާތްﷲގެ އަރުޝީގެ ހިޔާވަހިކަން ދެއްވާނެ ކަންވަނީ އަންގަވާފައެވެ.


މާތްﷲ އެންގެވި ގޮތުގައި ތަރުބިއްޔަތުވެގެން އަޅުކަން ކުރުން މަތީ ދެމިހުންނަ ޒުވާނާއަށް މާތްﷲގެ އަރްޝީގެ ހިޔާވަހިކަން ލިބިގެންވޭ. ކޮންފަދަ މަތިވެރި ނަސީބެއް ހެއްޔެވެ؟ މި ނަސީބަކު ހާސިލްވުމަށް ނޭދޭނީ ފަހެ ކޮން ޒުވާނެއް ހެއްޔެވެ؟ ހަށިގަނޑުގެ ގޮތުން ވަރުގަދަ މުއުމިނާ ދެކެ މާތްﷲ ލޯބިވެވޮޑިގެންވޭ. މިހެންކަމުން ހަށިގަނޑު ދުޅަހެޔޮކޮށް ބެހެއްޓުމަށްޓަކައި ޝަރުއީ ގިއުގަނޑުގެ ތެރޭގައި ކުޅިވަރު ކުޅުމާއި ކަސްރަތު ކުރުމަކީ އިސްލާމްދީން މަނާކުރާ ކަމެއް ނޫން.

 ކީރިތިރަސޫލާގެ ހަމަ އެފަދައިން އިސްލާމީ ގިއުގަނޑުގެ ތެރޭގައި، އުފާ ފާޅުކުރުމާއި، ދަތުރުދިއުމާއި، ހަފްލާތައް ބޭއްވުމަކީ ދީން މަނާކުރާކަމެއް ނޫން. ޙަޔާތްޕުޅުގައި އެކަލޭގެފާނުވަނީ މިކަންކަމުން ނަމޫނާ ދައްކަވާފަ. އެކަލޭގެފާނު އުފާފާޅުކުރެއްވި.


 ބޮޑެތި މީހުންނާއި، ކުޑަކުދީންނާ ސަމާސާކުރައްވައި އުޅުއްވި. އެއްވެސް ކަމެއްގައި، ދުވަހަކުވެސް އިތުރުފުޅެއް ނުހައްދަވާ. ހުތުރު ބަސްފުޅެއްވިދާޅެއް ނުވޭ. ވިޔާނުދާ އަދި ބޭއަދަބީ ކަމަކަށް ފުރުސަތެއް ނުދެއްވާ. މިކަރާތްތަކަށް މަގުފަހިވާ ކޮންމެ ދޮރެއްކޮންމެ ދޮރެއް ބަންދު ކުރެއްވިއެވެ.



Comments


bottom of page