top of page
މައުމޫނު އަލީ

އެންގުންތަކަށް ތަބާނުވި ހިޔާ ޔުނިއަންގެ ނައިބު ރައީސައް ކޯޓުންވެސް ނާކާމިޔާބު.

ހިޔާގެ 2 ޔުނިޓު އެއްކޮށްލައި ނިކަމެތި ފަޤީރުންގެ ފެންވަރާ ނުބައްދަލު، ލަގްޝަރީ 4 ކޮޓަރީގެ އެޕާޓުމަންޓެއް ހަދާފައިވުމުންނެވެ.


އަދި އެޕާޓުމަންޓު ތަކުގެ މަހުކުއްޔާއި ޖޫރީމައިނާ ވެސް ދައްކާފައިނުވާތީވެ އާބަންކޯ އިން އެފަރާތާއި އެކު ވެފައިވާ އެއްބަސްވުން އާބަންކޯއިން ނިންމާލިކަން އެފަރާތުން އެންގުމުން، އެ އެންގުން ބާތިލް ކަމުގައި ކަނޑައަޅައި ދިނުމުގެ ވަގުތީ އަމުރަކަަށް ސިވިލް ކޯޓުގައި ފްލެޓުލިބުނު ފަރާތުންވަނީ ދައުވާކޮށްފައެވެ.


ކުރި ދަޢުވާ އާއި ގުޅިގެން މިއަދު އެ ކޯޓުން ގޮތެއް ނިންމާފައި ވެއެވެ.


އެގޮތުން ޤަޞިއްޔާގައިވާ ގޮތުން އާބަންކޯގެ ނިންމުމަށް ވަނީ ތާޢިދުކޮށް ވަގުތީ އަމުރު ނެރެވޭނެ ތަނެއް ނެތްކަމަަށް ކޯޓުން ވަނީ ޚުކުމް ކޮށްފައެވެ.


ވީމާ، އާބަންކޯގެ ނިންމުމާއި އެއްގޮތައް ދެވިފައިވާ މުއްދަތުގައި ތަން ހުސްކޮށް އާބަންކޯ އާއި ތަންހަވާލުކުރަން ޖެހޭނެއެވެ.

 

 

Comments


bottom of page