top of page
މައުމޫނު އަލީ

ދާއިމީ ލިސްޓުގައި ނެތް އެއްވެސް މީހަކަށް ހިޔާ ފްލެޓު ނުދެން: ސަރުކާރު

5 ޖުލައި 2023


2019 ގައި ނެރުނު ދާއިމީ ލިސްޓުގައި ނެތް ފަރާތަކަށް ހިޔާ ފްލެޓު ދީފައި ނުވާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފިއެވެ.


ދާއިމީ ލިސްޓު ނެރުނު ފަހުން ހުސްވި ހިޔާ ފްލެޓުތަައް އެކިއެކި މީހުންނަށް ދީފައިވާ ވާހަކަ ވަރަށް ގަދައަށް ދެކެވެއެވެ. ދަންނަ އެތައް ބަޔަކަށް ފަހުން ހިޔާ ފްލެޓު ދީފައިވާ ވާހަކަ ދަ ކޮމަނާސްގެ ވައިބާ ގުރޫޕުގައި އެތައް ބަޔަކު ވަނީ ފާހަނގަކޮށް ޝަކުވާ ކޮށްފައެވެ.


އެ ޝަކުވާ ތަކާއި ގުޅިގެން ދަކޮމަނާސް އިން ވަނީ 2019 ގައި ނެރުނު ދާއިމީ ލިސްޓުގައި ނެތް ފަރާތްތަކުގެ ތެރެއިން ހިޔާ ފްލެޓު ދިން މީހުންގެ މައުލޫމާތު ހޯދަން އެދިފައެވެ.


މައުލޫމާތު ހޯދާ ލިބުމުގެ ހައްގުގެ ދަށުން އެދުނު މި މައުލޫމާތު ގާނޫނުގައި ބުނާ 21 ދުވަސް ހަމަވި އިރުވެސް މިނިސްޓްރީން ޖަވާބު ނުދެއެވެ. އެ ވަގުތު ފާއިތުވި ފަހުން މިނިސްޓްރީން ދިން ކުރު އަދި އެހާ ސާފު ނޫން ޖަވާބުގައި އޮތީ 'ލިސްޓުގައި ނެތް މީހަކަށް ފްލެޓު ދީފައި ނުވާނެ' މިހެނެވެ.


މިކަމާއި ގުޅިގެން ދަކޮމަނާސް އިން ޝަކުވާ ހުށަހެޅުމާ ގުޅިގެން އިންފޮމެޝާން ކޮމިޝަނުން ވަނީ އަޑު އެހުމެއްް ބާއްވާފައެވެ. އެ އަބައްދަލުވުމުގައި ދަކޮމަނާސްގެ ފަރާތުން އެދުނީ އިބާރާތް ބަދަލުކޮށް ސާފުކޮށް ޖަވާބު ހޯދުމަށެވެ. ލިސްޓު ޖެހުމުގެ ބަދަލުގައި ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓަށް އިބާރާތް ބަދަލު ކުރުމަށެވެ.


އެހެންނަމަވެސް ޖަވާބުދީފައިވަނީ ސުވާލަށް ކަމަށާއި، ސުވާލުގައި އޮތީ ދާއިމީ ލިސްޓު ކަމަށް ވާއިރު ޖަވާބުގައި ލިސްޓު އޮތުމުން އެ އިޝާރާތް ކުރަނީ ސުވާލުގައި އޮތް ދާއިމީ ލިސްޓަށް ކަމަށް ބުނެ ޖަވާބުގެ އިބާރާތް ބަދަލުކުރަން ޕްލޭނިން މިނިސްޓްރީގެ ވަކީލުން ދެކޮޅު ހެދިއެވެ. އަދި 21 ދުވަސް ހަމަވިއިރުވެސް ޖަވާބު ނުދެވުނީ ޓެކްނިކަލް މައްސަލައަކާއި ހެދިކަމަށް ބުނެފައިވެއެވެ.


އިބާރާތް ބަދަލު ކުރަން މިނިސްޓްރީން ދެކޮޅު ހެދިކަމުގައި ވިޔަސް މިނިސްޓްރީގެ ޖަވާބުގައި މާނަ ކުރަނީ ދާއިމީ ލިސްޓުގައި ނެތް ފަރާތަކަށް ފްލެޓު ދީފައި ނުވާނެ ކަމަށް ކަމަށް ވަކީލުން ވަނީ އެއްބަސް ވެފައެވެ.


މިކަމާއި ގުޅިގެން ދާއިމީ ލިސްޓުގައި ނެތް ފަހުން ފްލެޓު ދިން ފަރާތްތައް އެނގޭ މީހުން އެ މައުލޫމާތު ދަކޮމަނާސް އާއި ހިއްސާ ކުރުމަށް އެ ޖަމިއްޔާއިން ވަނީ އެދިފައެވެ.

Yorumlar


bottom of page