top of page
މައުމޫނު އަލީ

ދީފާ އަތުލި ފްލެޓު ވެރިންގެ ދެވަނަ ބައްދަލުވުން ބާއްވަން ތައްޔާރު ވަނީ

5 ޖުލައި 2023


ދީފާ އަތުލި ފްލެޓު ވެރިންގެ ދެވަނަ ބައްދަލުވުން ބާއަވާން ތައްޔާރު ވަމުން ދާކަމަށް ދަކޮމަނާސް އިން މައުލޫމާތު ދީފިއެވެ.


ދީފާ އަތުލި ފްލެޓުވެރިންނަކީ ކޮބާ؟

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އެޅި ހިޔާ ފްލެޓުތައް ލިބޭ މީހުންގެ ލިސްޓު ޝާއިއު ކުރީ 2018 ވަނަ އަހަރު އިންތިހާބު ބޯމަތިވެެފައި ވަނިކޮށެވެ. އޭރު އިދިކޮޅު އެމްޑީޕީން އެ ލިސްޓަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ގެންދެވިއެވެ.


ވެރިކަން ބަދަލު ވުމާއެކު ކުރީ ސަރުކާރުން ހެދި ލިސްޓު ބާތިލްކޮށް އާ ލިސްޓެއް ހަދަން ރައީސް އިބްރާހިމް އެންގެވިއެވެ. އެގޮތުން ލިސްޓުތައް ބަލާ އާ ލިސްޓެއް ހެދުމަށް ފްލެޓު ކޮމެޓީގެ ނަމުގައި ރައީސް އޮފީހުގައި ކޮމެޓީއެއް ހެއްދެވިއެވެ.


ރައީސް އިބްރާހިމްގެ ފްލެޓު ކޮމެޓީ އަދި ހައުސިން މިނިސްޓީއިން ފްލެޓުތަކުގެ އެލޮކޭޝަނާއި ޕޮލިސީއަށް ގެނައި ބަދަލު ތަކުގެ ސަބަބުން ކުރިން ފްލެޓު ލިބުނު 5000 އަށް ވުރެ ގިނަ މީހުންގެ ފްލެޓު ވަނީ ފަހުން ގެއްލިފައެވެ.


ޕޮލިސީ ނިންމުންތަކާއި ކެޓެގަރީ ބަދަލުކުރުމުގެ ސަބަބުން: 2،594
އެއްކޮޓަރި ފްލެޓު އުވާލުމުގެ ސަބަބުން: 1،585
ފްލެޓު ކޮމެޓީގެ ނިންމުންތަކުގެ ސަބަބުން: 581
ދެމަފިރިންގެ ނަން އެއްކޮށް/ވަކިކުރުން އަދި އެހެން ސަބަބު ތަކާހުރެ: 619

އަދި މީގެ އިތުރުން ފްލެޓު ކޮމެޓީން ހާލު ބަލަން ނުދިޔުމާއި، ސަކުވާތަކަށް ޖަވާބު ނުދިނުމުގެ ސަބަބުންވެސް އެތައް ބައެއްގެ ފްލެޓު ވަނީ ގެއްލިފައެވެ. ދީފާ އަތުލި ފްލެޓުވެރިންނަކީ ސަރުކާރަކުން މިގޮތަށް ފްލެޓު ދީފާ އަލަށް އައި ސަރުކާރެއްގެ ނިންމުމުގެ ސަބަބުން ލިބުނު ފްލެޓު ގެއްލުނު މީހުންނެވެ.


ފުރަތަމަ ބައްދަލުވުން

ދީފާ އަތުލި ފްލެޓު ވެރިންގެ ފުރަތަމަ ބައްދަލުވުން ބޭއްވީ 25 ޖޫން ގައެވެ. އެ ބައްދަލު ވުމުގައި ބައިވެރިވީ ކުރީ ދަކޮމަނާސް ގެ ތެރެއިން ދީފާ އަތުލި ފްލެޓުވެރިންގެ ކަންކަމުގެ އިސްނަގައިގެން އުޅުއްވާ 40 ވަރަކަށް ބޭފުޅުންގެ ޓީމެވެ.


އެ ބައްދަލުވުމުގައި މަޝްވަަރާ ކުރެވުނު ގޮތަށް ދީފާއަތުލި ފްލެޓިވެރިންގެ ފޯމެއް ހަދާ މައުލޫމާތު ނަގާ މިހާރު ވަނީ އެ ފަރާތްތަކުގެ ވަކި ވައިބަަރ ގުރޫޕެއް ހަދާފައެވެ. ދީފާއަތުލި ފްލެޓުވެރިންނަށް ހާއްސަ މައުލޫމާތު އަދި އަޕްޑޭޓް ހިއްސާ ކުރެވޭނީ އެ ގުރޫޕުގައެވެ.


ދަކޮމަނާސް އިން މައުލޫމާތު ދޭގޮތުގައި މި ހަފްތާ ބަންދުގައި ދެވަނަ ބައްދަލުވުން ބޭއްވޭތޯ މަސައްކަތް ކުރަމުން ދާއިރު އެބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ ދީފާއަތުލި ފްލެޓުވެރިން ތެރެއިން އެކި ޓީމުތައް ހަދާ އަދި ޓީމު ތަކުން އެކި ކަންކަމުގައި އިސްނަގާނެ ފަރާތްތައް ކަނޑައަޅާ، ހަރަކާތް ކުރިއަށް ގެންދާނެ ސްޓްރެޓަޖީއެއް އެކުލަވާ ލުމެވެ.


ދީފާއަތުލު ފްލެޓުވެރިންގެ ވައިބާރ: ފިއްތަވާލައްވާ


ދަ ކޮމަނާސްގެ ވައިބާރ: ފިއްތަވާލައްވާ



Comments


bottom of page