top of page
އަހްމަދު

އުމުރުން ދޮށީ އަދި ހާއްސައެހީއަށް ބޭނުންވާ ހައްޖާޖީން ހިލޭ އެއާޕޯޓަށް ގެންގޮސްދޭ ފުލުހެއް

ޖޫން 13، 2023


ހައްޖުގެ މަތިވެރި އަޅުކަމުގައި ދާ ފަރާތްތައް ހިލޭ އެއާރޕޯޓަށް ގެންގޮސް ދިނުމުގެ މަސައްކަތް ކުރަން އާންމު ފަރުދަކު އިސްނަގައިފިއެވެ.


އިބްރާހިމް ޝާހު މީސްމީޑިއާ ގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ

ހައްޖުގެ މަތިވެރި އަޅުކަމަށް ދާ ދުވަސްވީ ބޭފުޅުންނާއި ގޮޮނޑީގައި ތިއްބަވާ ބޭފުޅުން އެއާރ ޕޯޓަށް ހިލޭ ގެންގޮސް ދޭނަން

ފުލުހުންގެ ‘ފާރަ ގެމަ’ ގައި މަސައްކަތް ކުރާ އިބްރާހިމް ޝާހު ކޮމަނާސް އަށް މައުލޫމާތު ދިން ގޮތުގައި މީ ހަމަ ކުލިއަކަށް ކުރަން ހިތަށް އެރިކަމެވެ. 

ވަކި މީހަކު ބުނެގެނެއް ނޫން، ކުރިން އަމިއްލަ ވެހިކަލެއް ނޯވޭ، މިހާރު ވޭނެއް ލިބުނީމަ ހަމަ ހިތަށް އެރީ މިކަން ކޮށްދޭންވީ އޭ 

ޝާހު ކިޔާދިނެވެ. 

ޝާހުގެ އެފްބީ ޕޯސްޓް

ޝާހު ބުނީ ހައްޖުގެ އަޅުކަމުގައި އެއާރޕޯޓަށް ދާން ބޭނުންވާ ވީހާވެސް ގިނަ މީހުން ވަގުތު ތަންދިން ވަރަކުން ގެންގޮސް ދޭނެ ކަމަށެވެ.


އަދި ހިލޭ އެއާރޕޯޓަށް ގެންގޮސް ދިނުމުގައި އިސްކަން ދެވޭނީ އުމުރުން ދޮށީ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ކަން އޭނާ ފާހަނގަކުރިއެވެ. 


ޝާހު މީސްމީޑިއާ ގައި ހިއްސާ ކުރި މި ޕޯސްޓަށް ވަރަށް ގިނަ އާންމުން ވަނީ ޝުކުރާއި ތައުރީފުގެ ކޮމެންޓުތައް ކޮށްފައެވެ.


އުމުރުން ދޮށީ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުން އެއާރޕޯޓަށް ހިލޭ ދިއުމަަށް ޝާހު އާއި ގުޅާނީ 9925324

Related Posts

See All

Comments


bottom of page