top of page
މިދުއަމް ސައުދު

ކަމެއް ދިމާވެ ކަރަންޓު ދިއުމަކީ މައްސަލައެއް ނޫން! މައްސަލަ އަކީ ބެކްއަޕް މަސައްކަތް ނުކުރުން!

30 މެއި 2023

މިއަދު ހެނދުނު ހިޔާ ގިނަ ޓަވަރުތަކުން ވަނީ ކަރަންޓު ހިދުމަތް ގޮސްފައެވެ.


ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތަކާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ވެސް ކަރަންޓުގެ ހިދުމަތް މެދުކެނޑުނުކަން ސްޓެލްކޯއިން ވަނީ ކަޝަވަރުކޮށްދީފައެވެ. އަދި އެ މައްސަލަ ދެނަގަނެ ހައްލު ކުރުމުގެ މަސައްކަތް ފެށިފައިވާ ކަަމަށް ކަރަންޓުގެ ހިދުމަތް މެދުކެނޑިގެން އިރުކޮޅެއް ތެރޭގައި ސްޓެލްކޯއިން ބުންޏެވެ.


މި މައްސަލަ ދިމާވީ ފޭސް ދޭއްގެ ވިނަރެސް ފްލެޓްތަކާއި ދިމާލުން މަސައްކަތް ކުރަމުން ދިޔަ ކޮންޓްރެކްޓަރއެއް އެސަރަހައްދު ކޮނުމުގެތެރޭ ޑިސްޓްރިބިއުޝަން މަައި ކޭބަލަކަށް ލިބުނު ގެއްލުމަކާއި ގުޅިގެނެވެ.

ދިމާވި މައްސަލަ ފާހަނގަކޮށް އެކަން ހައްލު ކޮށް ބޮޑުބަޔަކަށް ކަރަންޓުގެ ހިދުމަތް ދެވުނީ މިއަދު މެންދުރެވެ.


ކަންދިމާ ކުރިގޮތުން ސްކޫލް އަދި އޮފީހަށް ދާވަގުތާއި ދިމާކޮށް ކަރަންޓުގެ ހިދުމަތް މެދުކެނޑުމުގެ ސަބަބުން ވަރަށް ގިނަ އާންމުންނަށް ދަތިތަކާއި ކުރިމަތިލާން ޖެހުނެވެ.


އެޗް 8 ގެ އާންމުންގެ ބެންބަރަކުން ކިޔާދިނެވެ

އޮފީހަށް ނައްޓާލަން އުޅުނުތަނާ ކަރަންޓު ދިޔައީ، ދެން ހިނގާފައި 20 ވަން ބުރިން ތިރިޔަކަށް ނުދެވޭނެތާ، އެހެންވެ އަވަހަށް އާދޭތޯ ދުއާ ކޮށްލަކޮށްލާ ދެން ހުރީ

މިކަމުގެ ސަބަބުން ދިމާވީ ހަމައެކަނި އުދަގޫ ތަކެއް ނޫނެވެ. މިއަދު ކަރަންޓު ދިޔަ ވަގުތުވެސް ބައެއް ލިފްޓުތައް ހުއްޓި އާންމުން ތާށި ވެފައި ވެއެވެ. އެޗް 4 ގެ 2 ލިފްޓެއްގައި ތާށި ވި ކުޑަ ކުއްޖަކާއި މީހަކު އާންމުންގެ ޖަމިއްޔާގެ ބޯޑު މެންބަރު މައުމޫން އަލީ ( މާނު ) ވަނީ ނެރެދީ އެކަން ކޮތަރުކޮށި ވައިބާ ކޮމިއުނިޓީގައި ހިއްސާކޮށްފައެވެ.


އެކަމުގެ ތަފްސީލު ދެމުން މާނު ބުނީ

އެޗް 4 ގެ ބާރަ އަދި ތޭރަވަނަ ފްލޯ ދެމެދަށް ލިފްޓު ހުއްޓުފައި ހުރީ، ތޭރަވަނަ ފްލޯއިން ލިފްޓު ދޮރު ހުޅުވާ އެކުއްޖާ ނަގާ އެބަޔަށް އެރުވީ، ވަރަށް ބިރުން ހުރީމަ ފައިވާންވެސް ލިފްޓަށް ދޫކޮށްލާފައި އެރީ، ދެން އެތެރެއަށް ފައިބާ ފައިވާން ނަގާދިނިން

މީގެ އިތުރުން ހަމަ އެޓަވަރުގެ އެހެން ލިފްޓެއްގައި ތާށިވި އިތުރު މީހަކުވެސް މާނު ވަނީ ނެރެދީފައެވެ.


މިފަހަރު ކަރަންޓުގެ ހިދުމަތް ދިޔައިރު ގިނަ ޓަވަރުތަކުގެ މެއިންޓެނެސް ލިފްޓު މަސައްކަތް ކުރިއެވެ. އެހެންނަމަވެސް ލިފްޓުތައް ދެ ފްލޯ ދެމެދަށް ހުއްޓޭ ސަބަބު އަދިވެސް ސާފެއް ނުވެއެވެ.

ލިފްޓުތަކުގައި ބެކްއަޕު ބެޓެރި ހުންނާނެއެވެ. ކުއްލިއަކަށް ކަރަންޓު ދާ ހާލަތްތަކުގައި އެ ބެޓެރިން އެންމެ ކައިރީގައި ހުރި ފްލޯ އަކަށް ލިފްޓު ގޮސް ހުޅުވޭނެއެވެ. ދެމެދަށް ހުއްޓި މީހުން ތާށިވެގެން ނުވާނެއެވެ.

މިއަދު ދެމެދަށް ހުއްޓި މީހުން ތާށިވި ލިފްޓްތަކުގެ ބެޓެރި މަސައްކަތް ނުކުރީ ކީއްވެގެންކަން އަދި ސާފެއްް ނުވެއެވެ. އެހެނަމަވެސް މިއީ ލިފްޓް މެއިންޓެނެސް ކުރާ ކުންފުންނިން ގަވައިދުން ބަލައި އަބަދުވެސް މަސައްްކަތް ކުރާކަން ޔަގީންކޮށްފައި ބަހައްޓަން ޖެހޭ ކަމެކެވެ. ފްލެޓުވެރިން އަތުން މަހެއްގެ މައްޗަށް ނަގާ 1،000 ރުފިޔާ ތެރޭގައި ލިފްޓު މެއިންޓެނެސް އަށް ކުރާ ހަރަދު ހިމެނެއެވެ.


Comments


bottom of page