top of page
އަހްމަދު

ސަންގު ޓީވީގެ ވެރިންގެ މަންމާފުޅު ފާތިމަތު އިބްރާހީމް ދީދީ ނިޔާވެއްޖެ

7 ޖޫން 2023


ސަންގު ޓީވީގެ ވެރިންގެ މަންމާފުޅު ފާތިމަތު އިބްރާހީމް ދީދީ ނިޔާވެއްޖެއެވެ.


ސަންގުޓީވީގެ ޑިރެކްޓަރުންގެ މަންމަ ފާތިމަތު އިބްރާހީމް ދީދީ ނިޔާވީ މިއަދު ހެނދުނު 10:35 ގައެވެ. ފާތިމަތު އިބްރާހީމް ދީދީ ނިޔާވިއިރު އުމުރަކީ 75 އަހަރެވެ.


ފާތިމަތު އިބްރާހިމް ދީދީގެ މޫނުދެއްކުން މިއަދުގެ އަސުރު ނަމާދަށްފަހު ހުޅުމާލެ ވަގުތީ މިސްކިތުގައި އޮންނާނެއެވެ. އަދި ކަށުނަމާދު މިއަދުގެ މަޣްރިބް ނަމާދަށްފަހު ހުޅުމާލެ ވަގުތީ މިސްކިތުގައި އޮންނާނެއެވެ.


ފާތިމަތު އިބްރާހީމް ދީދީ ނިޔާވި އިރު، ފިރިމީހާ ދުނިޔޭގައި ހުރިއިރު އެދެމަފިރިންނަށް 9 ދަރިން ވަނީ ލިބިފައެވެ. އެއީ 4 ފިރިހެން ކުއްޖަކާއި 5 އަންހެން ކުދިންނެވެ. ފާތިމަތު އިބްރާހިމް ދީދީ އަށް މާމަކިޔާ 22 ކުއްޖަކާ މުނި މާމަ ކިޔާ 08 ކުއްޖަކު ދުނިޔޭގައި އެބަތިއްބެވެ.


ސަންގުޓީވީ އަކީ އާންމުންގެ ޖަމްއިއްޔާ އާއި ގާތް، ބޯހިޔާވަހިކަމުގެ ހައްގު ހޯދަން ކުރެވުނު މަސައްކަތުގެ މުހިންމު ބައިވެރިއެކެވެ.


ޖަމްއިއްޔާއިން މިއަދު ނެރުނު ބަޔާނުގައި ވީހާވެސް ގިނަ ބަޔަކު ފާތުމަތު އިބްރާހިމް ދީދީ ގެ ކަށުނަމާދުގައި ބައިވެރިވުމަށް ވަނީ އެދިފައެވެ.

Related Posts

See All

Comments


bottom of page