top of page
އަހްމަދު

ބޮޑު ޢީދު ބަންދުގެ ކުރިން ގޯއްޗާއި ފުލެޓް ދޭނަން: މިނިސްޓްރީ

7 ޖޫން 2023


ކުރިއަށް އޮތް ބޮޑު ޢީދު ޗުއްޓީގެ އައުމުގެ ކުރިން މި ސަރުކާރުގެ ގެދޮރުވެރިން ޕްރޮގްރާމުގެ ދަށުން ހިންގާ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމުގެ ތެރެއިން ފްލެޓް ލިބުނު ފަރާތްތަކާއި ގޯތި ލިބޭ ފަރާތްތަކުގެ ލިސްޓު އިއުލާނު ކުރާނެ ކަމަށް ޕްލޭނިންގ މިނިސްޓްރީން ހާމަކޮށްފިއެވެ. 


މާލޭގެ ރައްޔިތުންގެ ތެރެއިން ހިޔާ އަދި އެހެން ސޯޝަލް ހައުސިން ފްލެޓުތައް ނުލިބޭ ފަރާތްތަކަށް ޚާއްސަކޮށްގެން ސަރުކާރުން އިއުލާނުކޮށްފައިވާ ގޯތި ދޫކުރަން ފަށާނީ ޖޫން މަހުގައިކަމަށް ސަރުކާރުން މީގެ ކުރިން ބުނެފައިވާއިރު، އެކަމުގެ ޔަގީންކަން ޕްލޭނިން މިނިސްޓަރު މުޙައްމަދު އަސްލަމް ވެސް ވަނީ މިދިޔަ މަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ދެއްވާފައެވެ. 


އެކަމާއި ގުޅިގެން މިއަދު ގޯތި ބަހާ ކުރާ ކޮމިޓީގެ ޗެއާމަން އަދި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން ވިދާޅުވީ، ކުރިންވެސް ހާމަ ކޮށްފައިވާ ފަދައިން ގޯއްޗާއި ފުލެޓް ލިބޭ ފަރާތްތަކުގެ ލިސްޓް މި މަހު، ޢީދާއި ގުޅިގެން އަންނަ ބަންދު ދުވަސްތަކުގެ ކުރިން އާއްމު ކުރާނެ ކަމަށެވެ.


އެހެންކަމުން، އެ ލިސްޓް، އެންމެ ލަސްވެގެންވެސް މިމަހު 22 ގެ ކުރިން އެ މިނިސްޓްރީން އާންމު ކުރާނެއެވެ. 


ސަރުކާރުގެ ގެދޮރުވެރިން ޕްރޮގްރާމްގެ ދަށުން ގޯއްޗާއި ފްލެޓަށް އެދި ފޯމް ހުށައެޅުމަށް ހުޅުވާލި ފުރުޞަތުގައި 35861 ފޯމް ލިބިފައިވާކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފައިވެއެވެ. މީގެތެރޭގައި ބިންވެރިޔާ ސްކީމަށް 15164 ފޯމު ހުށައަޅާފައިވެއެވެ.


އަދި ގެދޮރުވެރިޔާ ސްކީމްގެ ދަށުން 3 ކޮޓަރީގެ އެޕާޓްމަންޓަށް 14489 ފޯމް ހުށައަޅާފައިވެއެވެ. އަދި މިސްކީމްގެ ދަށުން 2 ކޮޓަރީގެ އެޕާޓްމަންޓަށް އެދި 6208 ފޯމް ވަނީ ހުށައަޅާފައެވެ.

Comments


bottom of page