top of page
އަހްމަދު

ވިއްސާރަ ނުވެއްޖެނަމަ އަމީނީ މަގު 7 ދުވަސް ތެރޭ ހުޅުވާ ނަން: އާރްޑީސީ

ވިއްސާރަ ނޫން ނަމަ އަމީނީ މަގުގައި އެންމެ ފަހުން ތާރު އެޅި ސެގްމެންޓްތައް ހަތް ދުވަސް ތެރޭގައި އާންމުންނަށް ހުޅުވާލެވޭނެ ކަމަށް ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން އިން ބުނެފިއެވެ.


އާރްޑީސީގެ މީޑިއާ އޮފިޝަލު ވިދާޅުވީ އަމީނީ މަގުގައި ފަހުން ތާރު އެޅި ސެގްމެންޓް 4،5،6،7 ގެ ޓްރެފިކް ނިޝާންތައް އަދި މަގުގައި ކުރަހަން ޖެހޭ ރޮނގުތައް ކުރެހުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.


މި ދުވަސްކޮޅު ހުޅަނގު މޫސުމުގެ ވިއްސާރަ ކުރަމުންދާތީ މޫސުން ގޯސްވުމުގެ ސަބަބުން ބޭނުންވާ ބާރުމިނުގައި މަސައްކަތް ކުރިއަށް ގެންދިއުމުގައި ގޮންޖެހުންތަކެއް އެބަހުރި ކަމަށް ވެސް އޮފިޝަލު ވިދާޅުވިއެވެ.

ވިއްސާރަނަ ނޫން ނަމަ މަސައްކަތް އަވަހަށް ނިމޭނެ. އެކަމަކު ވިއްސާރަ ވީމަ ކުރެހުމުގެ މަސައްކަތް މަޑު ޖެހޭތީ މި ލަސްވަނީ

އޮފިޝަލު ވިދާޅުވިއެވެ.


އޮފިޝަލް ވިދާޅުވީ ވިއްސާރަ ނޫންނަމަ ހަތް ދުވަހުގެ ތެރޭގައި ހުރިހާ މަސައްކަތެއް ނިންމާލުމަށް ފަހު، ފަހުން ތާރު އެޅި ސެންމަންޓްތައް އާންމުނަށް ހުޅުވާލާނެ ކަމަށެވެ.


އަމީނީ މަގުގައި ތާރުއަޅާ ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއޫ ޕްލޭނިންގ މިނިސްޓްރީން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާއި ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އެކަމަކު، އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.


އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތުގެ އަގަކީ 84.4 މިލިއަން ރުފިޔާ އެވެ. މިމަސައްކަތް ހަވާލުކުރީ 210 ދުވަހުގެތެރޭގައި ނިންމާ ގޮތަށެވެ.

Related Posts

See All

Yorumlar


bottom of page