top of page
އަހްމަދު

ގްރޭޓާމާލޭގެ އެމަރޖެންސީ ބެކަޕް ޕަވަރޕްލާންޓުގެ މަސައްކަތް ނިންމާލައިފި

5 ޖޫން 2023


ހުޅުމާލޭގެ ބައު އިންޖީނުގޭގައި ގާއިމުކޮށްފައިވާ މި ބެކަޕް ޕަވަޕްލާންޓްގެ ކެޕޭސިޓީއަކީ 20.2 މެގަވޮޓް އެވެ. މި ޕަވަޕްލާންޓަކީ، އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފްގެ ބެއްލެވުމުގެ ދަށުން، ކުންފުނީގެ އަތޮޅުތެރޭގައި އަދި ގްރޭޓާމާލޭގެ އިންޖީނުގެތަކުގެ ތިބި، މަސައްކަތައް އެންމެ ގާބިލް މުވައްޒަފުން ހިމަނައިގެން އެކުލަވާލި ޓީމަކުން ކޮށްފައިވާ ބުރަ އަދި އަވަސް މަސައްކަތެއްކަމަށް އެ ކުންފުނިން ވަނީ ފާހަގަކޮށްފަ އެވެ.


ސްޓެލްކޯއިން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައި ވަނީ މިއީ ސްޓެލްކޯގެ ތާރީހުގައި ވެސް މިހާ ކުރު މުއްދަތެއްގެ ތެރޭގައި މިހާ ގިނަ އިންޖީނުތަކެއް އެއްފަހަރާ ކަމިޝަންކޮށް ނިންމާލެވުނު ފަހަރު ކަމަށެވެ.


މި އެމަޖެންސީ ޕަވަޕްލާންޓާއި އެކު، ޖަނަރޭޝަން ކެޕޭސިޓީ އިތުރު ކުރެވި، ކެޕޭސިޓީ ނެތިގެން ނުވަތަ އޯވާލޯޑްވެގެން ކަރަންޓު ނުކެނޑޭނެކަމަށް ވެސް ސްޓެލްކޯއިން ވަނީ ބުނެފަ އެވެ. އަދި ބުނެފައި ވަނީ ގްރޭޓާރ މާލޭގެ ޕަވާރ ސެކިއުރިޓީ އިތުރަށް ވަރުގަދަ ކުރެވިގެން ދާނެކަމަށެވެ.


މީގެއިތުރުން ސްޓެލްކޯއިން ބުނީ ބެކަޕް ޕަވަޕްލާންޓާއި އެކު މާލޭއާއި ހުޅުމާލޭގެ ބޮޑެތި ޖެންސެޓްތައް އޯވާހޯލް ކުރުމަށް ނިއްވާލުމުގެ ފުރުސަތު ލިބި އެ ޖަނަރޭޓަރުތަކުގެ އެފިޝިއެންސީ ވެސް އިތުރުކުރުމަށް ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

Comentários


bottom of page