top of page
އަހްމަދު

އެޗް1 އަދި އެޗް2 ގެ ކުނި ނެގުން އެކަމަށް ހާއްސަ ޔުނިޓު ތަކަށް ބަދަލު ކޮށްފި

5 ޖޫން 2023


ހިޔާ އެޗް1 އަދު އެޗް2 ގެ ކުނި ނެގާތަން މިއަދުން ފެށިގެން ބަދަލު ވެއްޖެއެވެ.


އާރބަންކޯއިން ކުރި އިއުލާނުގައި ބުނެފައިވާނީ 5 ޖޫން 2023 އިން ފެށިގެން ޓަވަރު 1 އަދި 2 ގެ ފްލެޓު ތަކުގެ ކުނި ނެގުމަށް ހަަމަޖެހިފައި ވަނީ އެޓަވަރު ތަކުގައި ކުނި މެނޭޖު ކުރުމަށް ހާއްސަކޮށް ހެދިފައިވާ ޔުނިޓު ތަކުންނެވެ.


ވޭސްޓްމެނޭޖްމަންޓު ކޯޕަރޭޝަން (ވެމްކޯ) ގެ ފަރާތުން އެޗް1 އަދި އެޗް2 ގެ ކުނި ނެގުން ހެނދުނު 8:00 އިން ރޭގަނޑު 23:00 އަށް ކުރިއަށް ގެންދާނެއެވެ.


ވީމާ މިއަދުން ފެށިގެން އެ ދެ ޓަވަރުގައި ކުނި މެނޭޖު ކުރުމަށް ހާއްސަކޮށް ހެދިފައިވާ ޔުނިޓުތައް ނޫން އެހެން ތަންތަނަށް ކުނި ގެންގޮސް ޖަމާ ކުރުން ވަނީ މަނާ ކުރެވިފައެވެ. އެހެން ތަންތަނުން ވެމްކޯ އަކުން ކުނި ނުނަގާނެއެވެ.


Comments


bottom of page