top of page
އަހްމަދު

އަނބިމީހާއަށް އަނިޔާކުރި މައްސަލަ ފެންމަތިވި މުޣުނީ ނަޝީދަށް ހަމަލާދޭން އުޅެފި

Abdul Mughnee

5 ޖޫން 2023


މަޖިލިސް އިންތިހާބު ތެރޭގައި ކުރީގެ އަނބިމީހާއަށް އަނިޔާ ކުރިކަމުގެ މައްްސަލަ ފެންމަތިވި އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ ޗީފް ވިޕް ތިނަދޫ އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު ޢަބްދުލް މުޣުނީ މަޖިލީހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދަށް ހަމަލާދޭން އުޅޭ މަންޒަރު ފެންނަ ވީޑިއޯއެއް ދައުރުވާން ފަށައިފިއެވެ.


ނަޝީދު މަޖިލީހުގެ ރިޔާސަތުން ފާބާވަޑައިގެން އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމްއާ ވާހަކަދެއްކެވުމަށް ވަޑައިގަތުމުން މުޣުނީ އަތް ދިއްކޮށް ނަޝީދާ ދިމާލަށް ވަޑައިގެން

ތިޔަހުރީ ހޭބަލިވެފައި

ކަމަށް ވިދާޅުވެއެވެ.


އަސްލަމް މުޣުނީ ނަޝީދާ ދުރުކުރައްވައި ކުރިއަށް ޖެހިވަޑައިގަތުމުން އަސްލަމާއެކު ނަޝީދު އެތަނުން ވަޑައިގަންނަވައެވެ.


މުޣުނީއަށް ރައްދުދެއްވައި އެއްވެސް ވާހަކަފުޅެއް ނަޝީދު ނުދައްކަވައެވެ.


2019 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މުޣުނީއަށް ކުރީގެ އަނބިމީހާއަށް އަނިޔާކުރިކަމުގެ ތުހުމަތު އަމާޒުވުމުން އެމްޑީޕީން އޭނާއަށް ކުރި ތާއީދު އޭރު އަނބުރާ ގެންދިޔައެވެ.


ނަމަވެސް ހުވަދޫގެ އެކި ދާއިރާތަކަށް ވާދަކުރެއްވި އެމްޑީޕީގެ ކެނޑިޑޭޓުންގެ ކެމްޕެއިން ފެއްޓެވުމަށް ތިނަދޫއަށް ނަޝީދު ކުރެއްވި ދަތުރުފުޅުގައި އަލުން މުޣުނީއަށް ތާއީދުކުރައްވައި އެމްޑީޕީގެ ފަރާތުން އޭނާއަށް ޕާޓީގެ ޓިކެޓު ދެއްވީ ރައީސް ނަޝީދެވެ.

Related Posts

See All

Comments


bottom of page