top of page
އަހްމަދު

މަހަށް ނިކުމެ އުޅެނިކޮށް މިޔަރެއް ހަމަލާ ދީފި

6 ޖޫން 2023


މަސްވެރިކަމަށް ނިކުމެ އުޅުނު މީހަކަށް މިޔަރެއް ހަމަލާ ދީފިއެވެ.


އުމުރުން 53 އަހަރުގެ އެމީހާ އަކީ ށ.ފޯކައިދޫ މީހެކެވެ.


މިރޭ 7:15 އެހާކަންހާއިރު ހިނގި މި ހާދިސާއާއި ގުޅިގެން އެމީހާގެ ފައިގެ ކުޑަކަޅުވާ މަސްގަނޑަށް ޒަހަމްތަކެއް ލިބިފައިވެއެވެ.


ބެލެވޭ ގޮތުގައި އެ މީހާއަަށް މިޔަރު ހަމަލާ ދިނީ މޫދަށް އެރި މަސްބާނަން އުޅެނިކޮށެވެ. ހާދިސާއާއި ގުޅިގެން އަނިޔާ ލިބުނު މީހާއަށް ފަރުވާ ދިނުމަށްފަހު، މިވަގުތު ދޫކޮށްލާފައެވެ.


މިފަހަކަށް އައިސް މިޔަރު ގިނަވެ، އޭގެ އުދަގޫތަށް އިތުރުވާ ކަމުގެ ޝަކުވާތައް މަސްވެރިންގެ ފަރާތުން އައުން ވަނީ އިތުރު ވެފައެވެ.


Related Posts

See All

Comments


bottom of page