top of page
މިދުއަމް ސައުދު

ވައިބާތަ؟ ޓެލެގްރާމްތަ؟ ކޯޗެއް ރަނގަޅީ؟

6 ޖޫން 2023،


ޓެލެގްރާމްތޯ ވައިބާތޯ މީ ވަރަށް ބޮޑު ސުވާލެކެވެ.


އާންމުންގެ ޖަމިއްޔާ އިންވެސް ވަރަށް ގިނައިން މަޝްވަރާ ކޮށްވެސް ކޮޅެއްގައި ނުޖެހި އޮތް ކަމެކެވެ.


އަޅުގަނޑުމެންގެ ތެރެއިން ގިނަ ދިވެހިން ބޭނުން ކުރަނީ ވައިބާ އެވެ. ފަރިތައީވެސް އެއަށެވެ. ގަދީމީ އެޕްލިކޭޝަނަކަށް ވީމައެވެ. ވައިބާ އަކީ ދިވެހިން އެންމެ ފުރަތަމަ މުއާމަލާތް ކުރަން ބޭނުން ކުރަން ފެށި އެއް އެޕަށް ވީމައެވެ.


އެހެނަސް ޒަމާން ބަދަލުވެ އެޕްތައް މިހާރުވަނީ ވަރަށް ގިނަވެސް ވެފައެވެ. އާންމުން ނުވަތަ ކޮމަނާސް ގެ ކޮތަރުކޮށި އުފެދިގެން އައީ ވައިބާގައި ނަމަވެސް ޓެލެގްރާމަށް ބަދަލުވުމުގެ ބަހުސް ވަރަށް ކުރެވެއެވެ.


އެންމެ ފަހުން މިއަދު ގޮތް ނިންމުނީ ވައިބާ އަދި ޓެލެގްރާމް ދެ އެޕްލިކޭޝަންވެސް ބޭނުން ކުރުމަށެވެ. 


އެ ނިންމުމާއެކު ދަ ކޮމަނާސް ނުވަތަ އާންމުންގެ ޓެލެގްރާމް ޗެނަލް ހުޅުވާލަމުން ވައިބާރ އަދި ޓެލެޓްރާމް އަޅާ ކިޔާ ލިޔުމެއް ލިޔެ، އަޅުގަނޑުމެން މެދުގައި ދެކެވުނު ވާހަކަތައް އާންމުންނާއިވެސް ހިއްސާ ކޮށްލަން ބޭނުން ވީއެެވެ. 


ފެށުން

ވައިބާރ ލާންޗު ކުރީ އިސްރާއީލުގެ ވެރިރަށް ތެލް އަވީވް ގައި 2010 ވަނަ އަހަރު ގައެވެ. ވައިބާރ އަކީ އިސްރާއިލް އަސްކަރިއްޔާ އައި.ޑީ.އެފް (އިސްރާއީލް ޑިފެންސް ފޯސް) ގެ ޗީފް އިންފޮމޭޝަން އޮފިސަރުންގެ މަގާމުގައި ތިބި ތެލްމޯން މެކްރޯ އާއި އިގޯރް މަގަޒިނިކް ގެ އުފެއްދުމެވެ.

އިސްރާއީލަށް އެކަނި ހިދުމަތް ދޭން ފެށި ވައިބާރ މަދު ދުވަސްކޮޅެއް ތެރޭގައި މައްޝޫރުވެގެން ދިޔައެވެ. 2014 ވަނަ އަހަރު ޖަޕާނުގެ ރެކުޓެން އިން ވަނީ ވައިބާ ގަނެފައެވެ.


ޓެލެގްރާމް އަކީ ރަޝިޔާގެ ދެބޭން ކަމަށްވާ ނިކޮލާއި އާއި ޕަވެލް  2013 ވަނަ އަހަރު އުފެއްދި އެއްޗެކެވެ. ނިކޮލާއި އަކީ ހިސާބު އިލްމުވެރިއެކެވެ. އަދި ޕްރޮގްރާމާއެކެވެ.

ކޮށްކޮ ޕަވެލް އަކީ ވިޔަފާރި ވެރިއެކެވެ. މި ދެބޭންނަކީ ރަޝިޔާގެ މައްޝޫރު އެޕެއް ކަމަށްވާ ވީ.ކޭ އުފެއްދި މީހުންނެވެ. އެމީހުން ވީ.ކޭ އަދި ރަޝިއާ ދޫކޮށް ގޮސް ޓެލެގްރާމް އުފެއްދީ ވީކޭ އާއި އެހެން އެޕްތަކުން މީހުންގެ މައުލޫމާތު ސަރުކާރުތަކަށް ފޯރުކޮށްދޭ ކަމަަށް ބުނެ އެކަން ނުކުރެވޭ ވަރުގެ އެޕެއް ހެދުމަށް ކަމަށް ބުނެއެވެ. އެ އެޕަކީ ޓެލްގްރާމެވެ.

ޔޫސާރ އިންޓަފޭސް

ވައިބާގައި ބޭނުން ކުރަނީ ސިދާސާދާ އިންޓަފޭސް އެކޭ ބުނެވިދާނެއެވެ. މާ ގިނަ ކަންތައް ތަކެއް ނުވަތަ ފީޗާސްތަކެއް އެއަކު ނުހުރެއެވެ. ހުޅުވައިގެން، ބޭނުންވާ މީހަކު ހޯދާ، ވާހަކަ ދެއްކީމަ ނުވަތަ ގުޅާލީމަ އެވީއެވެ. އޭގެ ސަބަބުން ވައިބާގެ އިންޓަފޭސް އަކީ އާދައިގެ ބޭނުން ކުރަން ފަސޭހަ އިންޓަފޭސްއެއް ކަމަށް ބުނެވިދާނެއެވެ. 


ޓެލެގްރާމުގެ ފީޗާސްތައް ގިނައެވެ. ކުރެވޭ ކަންތައްތައް ގިނައެވެ. ކުރެވޭ ކަންތައް ގިނަ ވުމުގެ ނަތީޖާ އަކީ ޓެލެޓްރާމްގެ އިންޓަފޭސް ވައިބާރ ހާ ސާދާަ ނުވުނެވެ. ޓެލެގްރާމް އަލަށް ބޭނުން ކުރަން ފަށާ މީހުންނަށް ފަރިތަ ވެލަން ވަގުތު ކޮޅެއް ނަގާފާނެއެވެ. 

ގުރޫޕު ޗެޓް / ޗެނަލްސް 

ދެ އެޕުންވެސް މިހާރު ގުރޫޕާއި ޗެނަލްތައް ހެދެއެވެ. އެނަސް ވައިބާރ ގުރޫޕުތަކަށް ލެވޭ މީހުންގެ އަދަދު 500 ވުރެ މަދުއިރު ޓެލެޓްރާމުގެ ގުރޫޕަކަށްވެސް 200،000 އާއި ހަމަޔަށް މީހުން ވެއްދެއެވެ. އަދި ހަމަ އެހެންމެ ޓެލްގްރާމް ގުރޫޕު/ޗެނަލް ތަކުން ލިބޭ ހިދުމަތް އަދި ކުރެވޭ ކަންތައްތައް ވައިބާ އަށްވުރެ ބޮޑުތަނުންވެސް ގިނައެވެ. 

ފައިލް/ފޮޓޯ/ވީޑިއޯ ހިއްސާ ކުރުން

ޒުވާން ކުދިން ތެރޭގައި ފޮޓޯ ވީޑިއޯ ފޮނުވުމަށް ޓެލެގްރާމް މަޝްހޫރީ އޭގެއިން ކޮލެޓީކޮށް ފޮނުވޭތީއެވެ. ވައިބާ އިން ވީޑިއޯ އެއް ފޮނުވާއިރު ކޮލެޓީ ދައްކޮށްލާ ހެން ޓެލެގްރާމް އަކުން ނުކުރެެއެވެ.


މީހަކަށް ފޮޓޯ/ވީޑިއޯ އެއް ފޮނުވާނަމަ އެ ފޮނުވަންވީ ކޮން ކޮލެޓީއެއްގައި ކަން ޓެލެގްރާމުގައި އަމިއްލައަށް ކަނޑައެޅޭނެއެވެ. މިހެން ވަނީ ވައިބާރ ގައި ފޮނުވާ އެއްޗެހި 200 އެން.ބީ އަށް ލިމިޓު ކުރެވިފައިވާ އިރު ޓެލެގްރާމުގެ ލިމިޓަކީ 2000 އެމް.ބީ ކަަމަށް ވާތީއެވެ.

ވޮއިސް އަދި ވީޑިއޯ ކޯލް

ފޯނު އަދި ވީޑިއޯ ކޯލް ކުރުމުގައި ކުރީގައި އުޅެނީ ވައިބާ އެވެ. ވަކިވަަކި މީހުން އަދި ގްރޫޕް ކޯލްތައް ވަރަށް ކުރީއްސުރެ ވައިބާއިން ކުރެވޭއިރު މިކަންކަން ޓެލެގްރާމަށް އައީ މާ ފަހުންނެވެ. އަދިވެސް ޓެލެގްރާމުގައި ގުރޫޕް ކޯލްތައް ކުރަން އުދަގުލެވެ.

ކްރޮސް-ޕްލެޓުފޯމް 

ވައިބާ އަަދު ޓެލެގްރާމް ދެ އެޕްވެސް މިހާރު ފޯނާއި ކޮމްޕިއޓަރުން ބޭނުން ކުރެވެއެވެ. 

ސަލާމަތްތެރިކަން:

ޓެލެގްރާމް މަޝްހޫރި އޭގެ ‘ސޭފްޓީ އެންޑް ސެކުއިރިޓީ’ ގެ ވަރުގަދަ ކަމަށެވެ. ވައިބާރ އާއި ހިލާފަށް ޓެލެގްރާމް ގެ ސޭފްޓީ ފީޗާސް ވަރަށް ގިނައެވެ.


މިސާލަކަަށް އަމިއްލަ ނަންބަރުގެ ބަދަލުގެ އައިޑީ އެއް ހަދައި އެ އައިޑީ އެހެން މީހުންނަށް ހިއްސާ ކުރެވޭނެވެ.  އޭގެ ސަބަބުން މީހަކާއި ވަހަކަ ދައްކަން ނުވަތަ އެއްޗެއް ފޮނުވަން ޖެހުނަސް ފޯނު ނަމްބަރު ނުދީ އެކަން ކުރެވޭނެއެވެ.


މީގެ އިތުރުން ދައްކާފައި ހުރި ވާހަކަތައް ޑިލީޓު ކުރުމުގެ ފީޗާސްވެސް ޓެލެގްރާމުގައި ގިނައެވެ. މިސާލަކަށް ވައިބާ ގައި މިކޮޅުން ފޮނުވާ މެސެޖު ޑިލީޓު ކުރެވެއެވެ. އަދި ތިކޮޅުން މިކޮޅަށް ފޮނުވި މެސެޖު މިކޮޅުގެ ފޯނުން ޑިލީޓު ކުރެވިދާނެއެވެ. އެހެނަސް އެ މެސެޖު ތިކޮޅުގެ ފޯނުގައި ހުންނާނެއެވެ. އެއާއި ހިލާފަށް ޓެލެގްރާމުން ހުރިހާ މެސެޖެއް ދެ މީހުންގެ ފޯނުން ވެސް ޑިލީޓު ކުރެވޭނެވެ. ތިކޮޅުން މިކޮޅަށް ފޮނުވާ މެސެޖު ތިކޮޅުގެ ފޯނުންވެސް ޑިލީޓު ކުރެވިދާނެއެެވެ. 

ބޭނުން ކުރާ މީހުން 

ވައިބާ ގިނައިން ބޭނުން ކުރަނީ މެދުއިރުމަތީ އަދި އޭޝިޔާ ސަރަހައްދުގެ މީހުންނެވެ. ޓެލެގްރާމް އަކީ ވައިބާރ އަަށް ވުރެ ބޭނުން ކުރާ މީހުން ގިނަ ބައިނަލްއަގްވާމީ އެޕެކެވެ. 


ކޮންމެ އަކަސް ކޮންމެ އެޕެއްގެ ވެސް ދެކޮޅު ހުންނާނެއެވެ. ފަސޭހަ ކަންކަމާއި އުދަގޫ ކަންކަން ހުންނާނެއެވެ. ވައިބާގެ އިންޓަރފޭސް ވަރަށް އާދައިގެއެވެ. އެހެންވެ ވަރަށް ގިނަ މީހުން، ހާއްސަކޮށް ދޮށީ މީހުންނަށް ވައިބާ ފަސޭހައެވެ. ޓެލެގްރާމުން ކުރެވޭ ކަންކަން މާގިނައެވެ. އެހެންވެ އެ ބޭނުންކުރާ ޒުވާނުންގެ އިންސައްތަ ބޮޑެވެ. އަދި ހަމަ އެހެންމެ ޓެލެގްރާމް ސެއުރިޓީ ވަރުގަދަ ވުމުގެ ސަބަވުން އެ ބޭނުން ކުރާ ވިޔަފާރިވެރިންނާއި ސިޔާސީ މީހުން ވައިބާ އަށް ވުރެ ގިނައެވެ. 


ވީމާ މިހާރު ފެންނަ ޓްރެންޑަކީ ގިނަ މީހުން މި ދެ އެޕްވެސް ގެންގުޅުމެވެ. އައީލީ އަދި ރަށްޓެހިންގެ ގުރޫޕުތަކާއި ކޯލުތަކަށް ވައިބާ ބޭނުން ކުރާއިރު މަސައްކަތާއި ގުޅުން ހުރި ކަންކަމާއި ގްރޫޕު އަދި ކޮމިއުނިޓީތައް ބޭނުން ކުރުމަށް ޓެލެގްރާމް ބޭނުން ކުރާތަނެވެ. 


މިސަަބަބުތަކާއި ހެދި ވައިބާ ގުރޫޕުގެ އިތުރުން އާންމުންގެ ނުވަތަ ދަ ކޮމްނާސްގެ ޓެލެގްރާމް ޗެނަލްވެސް މިރޭ މިވަނީ ލޯންޗު ކުރެވިފައެވެ. މި ލިންކަށް ފިތާލުމުން (ލިންލު) އެ ޗެނަލްއަށް ވަދެވޭނެއެެވެ. 


ވައިބާ އަދި އަދި ޓެލެގްރާމް ދެ އެޕްވެސް ރާއްޖޭގައި ބޭނުން ކުރުން ކުރިއަށް ދާނެއެވެ. ކުރިއަށް އޮތް 5-10 ވަރަކަަށް އަހަރު ތެރޭގައި މާ ބޮޑު ބަދަލެއް ނަޔަސް، ބޮޑެތި ބަދަލު ތަކެއް ނުގެނެސްފި ނަމަ ވައިބާގެ މައްޗަށް ޓެލެގްރާމް ކުރިހޯދާނެ ކަމަަށް ލަފާ ކުރެވެއެވެ. ސަބަބަކީ ޓެލެގްރާމަކީ ޒަމާނީ އޭއައި ބޮޓު ތަކާއި ރައްޓެހި، މިޒަމާނުގެ ބޭނުންްތަކަށް ކޭޓާރ ކުރަން ފަސޭހަ އެޕަކަށް ވާތީއެވެ. 

Related Posts

See All

Comments


bottom of page