top of page
އަހްމަދު

އެސް.ޓީ.އޯ އާއި ގުޅިގެން ހިޔާ ސަރަހައްދު ގައި 2.5 ޓަނުގެ ކާބޯތަކެތި ބަހައިފި

3 ޖޫން 2023

މީ އާންމުންގެ ޖަމްއިއްޔާގެ 'އެކުގައި ކައިގެން' ޕްރޮޖެކްޓުގެ ހަރަކާތެއް
ހިންގުނީ އެސްޓީއޯ އާއި ގުޅިގެން
2.5 ޓަނުގެ ކާބޯތަކެތި 833 މީހުންނަށް ބެހި

މިއަދު ހަވީރު އާންމުންގެ ޖަމިއްޔާގެ ނަރިޝް ޓުގެދާރ ނުވަތަ އެންމެން އެކުގައި ކައިގެން ޕްރޮޖެޓުގެ ދަށުން ހިޔާ ސަރަހައްދުގައި ކާބޯތަކެތި ބަހައިފިއެވެ.


މި ހަރަކާތް ކުރިއަށް ގެންދެވުނީ އެސްޓީއޯގެ އެހީތެރިކަމާއެކު ގައެވެ. މި ހަރަކާތައް އެސްޓީއޯ އިން ވަނީ 45 ބަސްތާގެ ކާބޯތަކެތި ފޯރު ކޮށްދީފައެވެ. އެއީ ހަނޑޫ، ހަކުރު އަދި ފުށް، ކޮންމެ ބާވަތަކުން 15 ބަސްތާއެވެ.

ހިޔާ ސަރަހައްދުގައި އުޅޭ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ކާބޯތަކެތި ފޯރުކޮށް ދިނުމަކީ ފްލެޓު ތަކަށް މީހުން ބަދަލު ވީއްސުރެ އާންމުންގެ ޖަމިއްޔާއިން ކުރަމުން ގެންދާ ކަމެކެވެ. އެހެނަސް ފަހަކާއި ޖެހެންދެން އެކަން ކުރިއަށް ގެންދެވުނީ ވަރަށް ކުޑަ ސްކޭލް އެއްގައެވެ.


މި ހަރަކާތާއި ބެހޭގޮތުން ޖަމްއިއްޔާގެ ރައީސް މިދޫ ދެންނެވީ

މީގެ ކުރިން ވަރަށް ކުޑަ ސްކޭލް އެއްގައި ވަރަށް މަދު ބަޔަކަށް އެހީ ވެވުނީ،އެހެނަސް ފާއިތުވި މަސްތަކުގައި ބޮޑު ކުރަމުންގޮސް މިއަދު މި ދެވުނީ މުޅިން އެހެން ހަރުފަތަކަށް،މި ސްކޭލްގައި މިކަން ކުރެވުނީ އެސްޓީއޯގެ ވަރަށް ބޮޑު އެހީތެރިކަމަކާއެކު

އަަންމުންގެ ޖަމިއްޔާއިން ކޮށްފައިވާ ޓުވީޓުގައި ވާ ގޮތުން މިއަދުގެ ހަރަކާތުގައި 833 ފަރާތަކަށް ކާބޯތަކެތި ފޯރުކޮށް ދެވުނެވެ. އެއީ 750 ކިލޯ ފުށާއި، 850 ކިލޯ ހަކުރާއި 900 ކިލޯ ހަނޑު ހިމެނޭހެން ޖުމްލަ 2500 ކިލޯ ނުވަތަ 2.5 ޓަނުގެ ކާބޯތަކެއްޗެވެ.

މިއަދުގެ ހަރަކާތާއި ބެހޭ ގޮތުން ވާހަކަ ދައްކަމުން އެޗް4 ގެ އެޑްމިން އަދި ހަރަކާތުގެ އިސްބޭފުޅެއް ކަމަށްވާ މައުމޫނު އަލީ(މާނު) ދެންނެވީ އެހާ ގިނަ އަދަދެއްގެ ބަޔަކަށް، އެހާ ކުޑަ ވަގުތުކޮޅެއްގައި، މާބޮޑު މައްސަލަ ތަކެއް ދިމާނުވެ އަމާންކޮށް ހަރަކާތް ކުރިއަށް ގެންދެވުނީ ހުރިހާ ޓަވަރުތަކުގެ އެޑްމިންސް ގެ އެހީތެރިކަމާއި އެއްބާރު ލުމާއި އެކުގައެވެ.

މީގެ އިތުރުން ކާބޯތަކެތި ބަހަން ކޮތަޅު ފޯރު ކޮށްދިން ޑެލްކޯ މޯލްޑިވްސް ކޮމްޕެނީ އަދި އެއްޗެހި ކޮތަޅަށް އަޅާ ބަންދުކޮށް ބެހުމުގައި މަދަދުވެރިވި ވައިޓް ސްޓާރ ކުންފުނި އަދި ހުޅުމާލެ 3 އެސް ފިހާރަޔަށް ވަރަށް ބޮޑަށް ޝުކުރު ދަންނަަވަން

މާނު ވިދާޅުވިއެވެ.

އާންމުންގެ ޖަމްއިއްޔާއިން މައުލޫމާތު ދެއްވާ ގޮތުގައި މިހަރަކާތަކީ ދެމެހެއްޓެނިވި ގޮތަކަށް ކޮންމެ މަހެއްގައިވެސް ކުރިއަށް ގެންދެވޭނެ ހަރަކާތަކަށް ހެދުމަށް އެ ޖަމްއިއްޔާއިން އަންނަނީ މަސައްކަތް ކުރަމުން ރޭވުންތައް ރާވަމުންނެވެ.


މި ހަރަކާތްތަކާއި އާންމުންގެ ޖަމިއްޔާގެ އެހެން ހަރަކާތްތަކުގެ މައުލޫމާތު ހިއްސާ ކުރަމުން ގެންދަނީ އެ ޖަމިއްޔާ ދަށުން ހިޔާ ފްލެޓުވެރިންނަށް ހާއްސަ ކޮށްގެން ހިންގާ ވައިބާ ކޮމިއުނިޓީގައެވެ.


(އެ ކޮމިއުނިޓީ އަށް ވަންނަން މިއަށް ފިއްތާލަައްވަވާ)




Comments


bottom of page