top of page
މިދުއަމް ސައުދު

ކުރީ ސަރުކާރުން ދިން އަގަށް ހިޔާ ފްލެޓް ދީފި ނަމަ ޔުނިޓަކުން މިލިއަންގެ ގެއްލުންވާނެ: ސަރުކާރު


ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ހިޔާ ފްލެޓުތަކުގެ ކުލީގެ ގޮތުގައި ކުރީ ސަރުކާރުން ކަނޑައެޅި 6،600ރ. އަށް ފްލެޓުތައް ދިން ނަމަ، ކޮންމެ ފްލެޓަކުން 1.1 މިލިއަން ރުފިޔާގެ ގެއްލުންވާނެ ކަމަށް، އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު ރިޕޯޓެއްގައި ބުނެފި އެވެ

ޔާ ފްލެޓުތަކުގެ ކުއްޔަކީ، މެއިންޓެނެންސަށް މަހަކު 1،000ރ. އާއެކު 8،500ރ. ކަމަށް ސަރުކާރުން މިހާރު ވަނީ ކަނޑައަޅައިފަ އެވެ. ނަމަވެސް ކުރީ ސަރުކާރުން ނިންމެވީ ވިދާޅުވަނީ ފްލެޓުތަކުން ފައިދާއާ އެކު މަހަކު 5،600ރ. ނަގައިގެން ދެކޮޅު ޖެއްސޭނެ ކަމަށެވެ.


ހިޔާ ފްލެޓުތަކުގެ މަހު ކުލި ހިސާބުކޮށް ކަނޑައަޅާފައިވާ ގޮތް އޮޑިޓް އޮފީހުން ރިވިއު ކޮށްދިނުމަށް އެދުނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިންނެވެ. އެކަމާ ބެހޭގޮތުން އޮޑިޓް އޮފީހުން ނެރުނު 'ހައުސިން ޔުނިޓަކަށް ޖެހޭ ޖުމްލަ އަގާއި މަހުން މަހަށް ދައްކަން ޖެހޭ އަދަދު ހިސާބުކޮށް ކަނޑައަޅާފައިވާ ގޮތުގެ ރިޕޯޓު'ގައި، މިދިޔަ ސަރުކާރުން ހިޔާ ފްލެޓު ވިއްކަން ކަނޑައެޅި އަގުތަކާއި އެޗްޑީސީން ކަނޑައެޅި އަގުތަކާއި މި ސަރުކާރުން ފްލެޓުތައް ދޭން ނިންމި އަގު އަޅާކިޔައި އެކަމުން ކުރާނެ އަސަރު ބަޔާންކޮށްފައިވެ އެވެ.


އޮޑިޓް އޮފީހުގެ ރިޕޯޓުގައި ބުނީ ކުރީ ސަރުކާރުން ޖެހި ހިސާބަށް ބަލާއިރު 20 އަހަރުގެ މުއްދަތަށް، މަހަކަށް 6،600ރ. ގެ ރޭޓުން ޔުނިޓެއް ވިއްކުމުން، ޔުނިޓަކަށް ފައިނޭންސް ކޮސްޓްގެ ގޮތުގައި ލިބޭނީ 99،647ރ. ކަމަށެވެ. ނަމަވެސް، އީއެމްއައި މެތަޑަށް ހިސާބު ހަދައިފި ނަމަ، ފައިނޭންސް ކޮސްޓްގެ ގޮތުގައި ޔުނިޓަކަށް 1.2 މިލިއަން ރުފިޔާ ޖެހޭ ކަމަށް އޮޑިޓް އޮފީހުން ބުންޏެވެ.

"މީގެ މާނައަކީ، މަހަކަށް 6،600ރ. ގެ ރޭޓުން ޔުނިޓެއް ވިއްކައިފި ނަމަ، ފައިނޭންސް ކޮސްޓްގެ ގޮތުގައި ޔުނިޓަކުން 1،155،231ރ. ގެ ގެއްލުންވުމެވެ،" ރިޕޯޓުގައި ބުނެފައިވެ އެވެ.


އޮޑިޓުގައި ބުނީ އެ އަގަށް ޔުނިޓުތައް ވިއްކައިފި ނަމަ، 25 އަހަރުގެ މުއްދަތަކަށް ބަލާ އިރު، އެއްވެސް ޑީފޯލްޓެއް ނެތި ހުރިހާ ޔުނިޓުތަކުން ޖުމްލަ ލިބޭނެ ކަމަށް އަންދާޒާކުރާ ފައިސާ އިން ކުރަންޖެހޭ ހަރަދުތައް ކެނޑުމުން ނެޓް-ކޭޝްފްލޯގެ ގޮތުގައި ގާތްގަނޑަކަށް 9.2 ބިލިއަން ރުފިޔާގެ ޑެފިސިޓެއް ވާނެ ކަމަށް އަންދާޒާކުރެވޭ ކަމަށެވެ.

Kommentare


bottom of page