top of page
އަހްމަދު

މިސަރުކާރުން ފްލެޓް ދޫކުރާއިރު، "ހިޔާ ފްލެޓް" ގެއްލުނު މީހުނަށް ފުރުޞަތު ދޭން އެދިއްޖެ



ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުރި “ހިޔާ” ފްލެޓްތަކުގެ އެންމެ ތިރީ ފްލޯއަށް މި ސަރުކާރުން ގެނެސްފައިވާ ބަދަލުތަކުގެ ސަބަބުން ފްލެޓްތައް ގެއްލުނު 280 މީހުންނާއި ސިވިލް ސާވަންޓުން، ޑޮކްޓަރުން އަދި ނަރުހުންގެ ކެޓަގަރީން ފްލެޓް ގެއްލުނު މީހުންނަށް ކުރިއަށް އޮތްތަނުގައި ސަރުކާރުން ހިންގާ ގެދޮރުވެރިކުރުވުމުގެ މަޝްރޫޢުތަކުން ފުރުޞަތު ފަހިކޮށްދިނުމަށް ރައްޔިތުން މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީން މިއަދު އެދިއްޖެއެވެ.


ދިވެހި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ އިތުރުން، ހިޔާ މަޝްރޫޢުގެ ފްލެޓްތައް ދިނުމާ ގުޅޭގޮތުން އެކޮމެޓީން ދިރާސާކުރި މައްސަލަ ނިންމައި އެކުލަވާލި ރިޕޯޓްގައި، ބުނެފައި ވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރުން ފްލެޓް ދީފައިވަނިކޮށް މިސަރުކާރުން އަތުލި ފްލެޓްތަކުގެ ހައްގުވެރިންނަށް މިސަރުކާރުގެ ގެދޮރުވެރިކުރުވުމުގެ މަޝްރޫޢުތަކުން ފުރުޞަތު ފަހިކޮށްދިނުމަށް ރިޕޯޓްގައި އެދޭ ކަމަށެވެ.


ރިޕޯޓްގައި ބުނެފައި ވަނީ ހިޔާ މަޝްރޫޢަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ފޯމުތައް މުރާޖަޢާކުރުމަށްފަހު ޝަކުވާ ހުށަހެޅުމަށް ދީފައިވާ މުއްދަތުގެ ތެރޭގައި ހުށަހަޅާފައިވާ ހުރިހާ ޝަކުވާތައް ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން ބަލައި އެ ފަރާތްތަކަށް އެކޮމިޓީން ޖަވާބު ދެއްފައިވާކަމަށް އެ ކޮމިޓީން ފާހަގަކޮށްފައިވާނެ ކަމަށެވެ. އެހެން ނަމަވެސް، ކޮމެޓީ އަށާއި ސަރުކާރުގެ އިދާރާތަކަށް އެކި ފަރާތްތަކުން ހުށަހަޅާފައިވާ ޝަކުވާތަކާއި މައްސަލަތަކަށް ރިޢާޔަތްކުރާއިރު، ޝަކުވާ ހުށަހަޅާފައިވާ ހުރިހާ ފަރާތްތަކަކަށް ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން އެންމެ ފުރިހަމައަށް ޖަވާބު ދީފައިވާކަން އަދި ކަށަވަރު ނުވާ ކަމަށެވެ.

އެހެންކަމުން ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން އެފަދަ ހުރިހާ ޝަކުވާތަކެއް ބަލައި، އެފަރާތްތަކަށް ފުރިހަމައަށް ޖަވާބު ދިނުމަށް ވެސް އެ ކޮމެޓީން ވަނީ އެދިފައެވެ.


މީގެ އިތުރުން މި އަހަރުގެ މާރިޗު މަހުގެ ނިޔަލަށް ފްލެޓް ލިބޭ ފަރާތްތަކަށް ފްލެޓް ޙަވާލުކުރުމުގެ އެއްބަސްވުން ޙަވާލުކުރެވޭނެ ކަމަށާއި، ޢިމާރާތާއި ފްލެޓްތަކުގައި ނިންމަންޖެހޭ މަސައްކަތްތައް ނިމޭނެ ކަމަށް ސަރުކާރުން ފާހަގަކޮށްފައިވާކަން ކޮމެޓީ ރިޕޯޓްގައި ބުނެފައި ވެއެވެ.

Comentarios


bottom of page